އަލަށް ކެނޑި ނެރަށް ދޯނި އެރީ މޫދަށް އެރިތިބި ބައެއްގެ ސަބަބުން

ނެރުމައްޗަށް ދޯންނެއް އަރައި އަޑިއަށް ދާތީ، އެމްއެންޑީއެފުން ހަރަކާތްތެރިވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މާލޭ ދެކުނު ފަރާތު އަލަށް ކެނޑި ނެރަށް މިރޭ ދޯންޏެއް އެރީ އެ ސަރަހައްދަށް މޫދަށް އެރި ތިބި ބައެއްގެ ސަބަބުން ކަމަށް އެ ދޯނީގެ ހުރި މީހަކަ ބުނެފި އެވެ.

ސައުތު ފަހެއް ނަމަކަށް ކިޔާ ދޯނި ފަރަށް އެރި ސަބަބާ ގުޅޭ ގޮތުން އެ ދޯނިން ދަތުރު ކުރި މީހަކު 'ސަން' އަށް ބުނީ ދޯނި ނެރަށް ވަތްއިރު، އެ ސަރަހައްދުގައި ބަޔަކު މޫދަށް އެރި ތިބި ކަމަށާއި އެ މީހުންގެ ގައިމައްޗަށް އެރުމުގެ ކުރިން، ސަލާމަތްވާން ދޯނީގެ ކެޕްޓަން މަސައްކަތް ކުރަނިކޮށް ދޯނި ނެރު މައްޗަށް އެރީ ކަމަށެވެ.

"ދޯނި ނެރާ ދިމާލަށް އައި އިރުވެސް ނެރުމަތީ ނެތް އެއްވެސް ވަރަކަށް ރާޅެއް. އެހެން އަންނަނިކޮށް ނެރު ތެރޭ މޫދުގައި ތިބި ފަސްވަރަކަށް މީހުން މޫދުގައި ފީނަން. އެމީހުން ދޯންޏާ ދިމާލަށް އަލިކުރުމުން ކައްޕި އެމީހުނުގެ ގަޔަށް ނާރުވައި ނައްޓާލަން އުޅުމުގެ ތެރޭގައި ދޯނި އެރީ ނެރަށް،" އޭނާ ވިދާޅުވިއެވެ.

ނެރުމައްޗަށް ދޯންނެއް އަރައި އަޑިއަށް ދާތީ، އެމްއެންޑީއެފުން ހަރަކާތްތެރިވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ދޯނި ނެރަށް އެރުމުން އެމީހުނަށް ގޮވި ނަމަވެސް މަޑުނުކޮށް ގައުތަށް މަތިން އަރައިގެން ދިޔައީ ކަމަށް ވެސް ފަޅުވެރިޔާ ކިޔައިދިނެވެ.

މިރޭ 9:15 އެހާއިރު ނެރަށް އެރި އެ ދޯނި ފުންކުރުމުގެ މަސަތްކަތް އެމްއެންޑީއެފްއިން އޮޑިވެރިފަރާތާ ގުޅިގެން އަދިވެސް އަންނަނީ ކުރަމުންނެވެ. އެމްއެންޑީއެފްއިން ބުނީ 60 ފޫޓްގެ އެ ދޯނު ފުންކުރެވެން އޮތީ ކެރޭނެއްގެ އެހީގައި ކަމަށާއި ދޯންޏަށް ލިބިފައިވާ ގެއްލުން އެނގޭނީ ފުންކުރުމަށް ފަހުގައި ކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖު ހެދުމަށް ބިން ހިއްކުމަށްފަހު، މާލޭ ދެކުނު ފަރާތުގައި އަލަށް ހެދި ނެރަށް މިރޭ ދޯންޏެއް އެރީ އެ ސަރަހައްދަށް މޫދަށް އެރިތިބި ބައެއްގެ ސަބަބުން ނަމަވެސް އެ ނެރުން ވަދެ ނުކުތުމުގައި އުޅަނދުތަކަށް ދައްޗާ ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

comment ކޮމެންޓް