ކާޑެއްދޫއަށް އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ގެންދިޔަ މީހަކު ހައްޔަރުކޮށްފި

އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ/ ޕޮލިސް

ގދ. ކާޑެއްދުއަށް ވައިގެ މަގުން ގެންދިޔަ އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކާޑެއްދުއަށް މަސްތުވާތަކެތި ގެންދިޔަ މީހާ ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު 12:56 ހާއިރު ކަމަށެވެ. އެ މީހާއަކީ 21 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

އަތުލައިގެންފައިވަނީ ކޮން ބާވަތެއްގެ މަސްތުވާ އެއްޗެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެމީހާގެ ބަންދުގެ މުއްދަތު 15 ދުވަހަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އިތުރުކޮށްފައެވެ.

comment ކޮމެންޓް