ކުކުޅު ގެންގުޅުމަށް ދޫކުރި ދ. މާދެލި ސަރުކާރަށް ނަގައިފި

ދ. މާދެލި --

ދ. އަތޮޅުގެ މާދެލި ނަމަކަށް ކިޔާ ފަޅު ރަށް، ސަރުކާރަށް ނަގައިފި އެވެ.

ސަރުކާރުން އެ ރަށް ނެގީ ވަރުވާއަށް އެ ރަށް ދޫކުރި ކުންފުނިން ވަރުވާގެ އެއްބަސްވުމާ ޚިލާފުވުމާ ގުޅިގެން އަލުން އެތަނުގައި މަސައްކަތް ފެށުމަށް ފުރުސަތު ވެސް ދީފައެވެ.

ފިޝަރީސް މިނިސްޓްރީގެ ޕީއެސް، ހުސައިން ޝިނާން "ސަން"އަށް މިއަދު ވިދާޅުވި ގޮތުގައި އެ ރަށް ސަރުކާރަށް ނެގީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

"މާދެލި ޕޯލްޓްރީ އެންޑް ފިޝަރީސް ޕްރައިވެޓް ލިމިޓެޑާ" އެ ރަށް ހަވާލު ކުރީ ޕޯލްޓްރީ މަސައްކަތް ކުރުމަށް 2008 ވަނަ އަހަރު، ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުންނެވެ.

comment ކޮމެންޓް