ބައިބަލާ މުބާރާތް މިރޭ ފަށަނީ ، ހުރިހާ ޓީމެއްވެސް ތައްޔާރު

ބައިބަލާ މުބާރަތެއްގެ ތެރެއިން - ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޮންމެ އަހަރެއްގެވެސް ފިތުރު އީދާ ދިމާކޮށް މާލޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ކުޅިވަރު މުބާރަތް" ބައިބަލާ 1438" މިރޭ ފަށާނެއެވެ.

މި އަހަރުގެ މުބާރަތް ވެސް ބޭއްވުމަށް ބައިބަލާ އެސޯސިއޭޝަނުން ވަރަށް ފުރިހަމަ އަށް ތައްޔާރުވަމުންދާއިރު އެ އެސޯސިއޭޝަނުން ބުނީ މިފަހަރުގެ މުބާރާތްވެސް ކާމިޔާބު މުބާރާތަކަށް ހެދުމަށް ޓީމް ތަކާއި އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިފަހަރުގެ މުބާރަތުގައި ޖުމުލަ 39 ޓީމް ބައިވެރިވެފައިވާއިރު ފާއިތުވެ ދިޔަ ދެ އަހަރާއި އަޅާބަލާއިރު މި އަހަރަކީ އެންމެ މަދުން ޓީމްތައް ބައިވެރިވި އަހަރެވެ. އެގޮތުން އެންމެ ފަހުން އެ މުބާރާތް ބޭއްވިއިރު ޖުމުލަ 42 ޓީމް ބައިވެރިވެފައިވާއިރު އޭގެ ކުރީ ފަހަރު 54 ޓީމް ވަނީ މުބާރާތުގައި ވާދަކޮށްފައެވެ.

މިފްކޯ ކުރިމަތީ އޮންނަ ވެލި ދަނޑުގައި ކުޅޭ މުބާރަތުގެ ފުރތަމަ މެޗް މިރޭ 20:30 ގައި ފަށާއިރު 7 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުރިއަށް އޮތްތަނުގައި ކޮންމެ ރެއަކުވެސް 8 މެޗު ކުޅުމަށް މަސައްކަތް ކުރަމުންދާ ކަަމަށް ބައިބަލާ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

ބައިބަލާ އެސޯސިއޭޝަނުން ބުނީ މިފަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ އަދަދު މަދުވި ނަމަވެސް މުޅިން އަލަށް މުބާރާތުގައި ބައެއް ޓީމްތައް ވާދަކުރާތީ އެކަން ފާހަގަކުރާކަމަށެވެ. އެގޮތުން މުޅިން އަލަށް ހުޅުމާލެއިންޓީމެއް މި އަހަރު ވާދަކުރާތީ އެކަން އެ އެސޯސިއޭޝަނުން ވަނީ ފަހަގަކޮށްފައެވެ.

"ބައިބަލާ 1438" ގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ވީ އާ ދަ ވަންސް އަދި ޓީނޭޖް ޖޫނިއާސް އެވެ.

comment ކޮމެންޓް