އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖުލީހަށް ސައިބާ އެޓޭކެއް ދީފި

އިނގިރޭސިވލާތުގެ ޕާލިމަންޓް

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖުލީހުގެ ކޮމްޕިއުޓަރުތަކަށް ސައިބައެޓޭކްގެ ހަމަލާތަކެއް ދީފިކަމަށް ޕާލިމެންޓްގެ ސްޕޯކްސްޕާސަން އާ ހަވާލާދީ ސީއެންއެންއެން ބުނެފިއެވެ.

" ޕާލިމަންޓްގެ ނެޓްވާކްތަކަށް ބަޔަކު ވަންނަން މަސައްކަތް ކުރަމުންދާ ކަން އަޅުގަނޑުމެންނަށް ވަނީ ދެެނެގަނެވިފަ. އަދި ނެޝެނަލް ސައިބަ ސެކިޔުރިޓީއާ ގުޅިގެން އަޅުގަނޑުމެން އެކަން މިހާރު މިދަނީ ތަހުގީގުކުރަމުން،" ސްޕޯކްޕާސަން ވިދާޅުވިއެވެ.

"މިތަނުގެ ސިސްޓަމްތަކާއި އެކައުންޓްތައް ހިމާޔަތްކުރުމަށް ޓަކައި ވަރަށް ގިނަ ފިޔަވަޅުތައް ވާނީ އަޅާފައި އަދި މިހާރުވެސް މިދަނީ ފިޔަވަޅު އަޅަމުން."

ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ޕާލެމަންޓުގެ ނެޓްވާކުގެތެރެޔަށް ވަގުތީގޮތުން ރިމޯޓް އެކްސެސްގެ އެހީގައި ވަނީ ނުވަދެވޭގޮތް ހަދާފައެވެ. އަދި ބައެއް މެންބަރުން ވަނީ އެމީހުންގެ މެއިލްތަކަށް ވަނުމުގައި ދަތިތައް ދިމާވަމުން ދާ ކަމަށް ބުނެފައެވެ.

މީގެ މަހެއްހާ ދުވަސްކުރިންވެސް ވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވަރަށް ވަރުގަދަ ސައިބަ އެޓޭކްތަކެއް ދީފައެވެ. މިހަލާގައި 150 ގައުމެއްގެ ދެލައްކައެއްހާ ކޮމްޕިއުޓަރުތަކަށް އޭގެ އަސަރު ކުރިއެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސްވެސް ހިމެނެއެވެ. އެފަހަރު އެހަމަލާގައި ސާރޖަރީތައް ކެންސަލްކުރަންޖެހި އެންބިއުލެސްގެ ހިދުމަތްތަކަށް ބުރޫއެރިއެވެ.

comment ކޮމެންޓް