އީދު ނަމާދަށްފަހު ދިރާގުގެ ފަރާތުން އީދު ހަދިޔާ

ދިރާގުން ރާއްޖޭގެ ރަށެއްގައި ކުޑަކުދިންނަށް އީދު ހަދިޔާ ބެހުން -- ފޮޓޯ/ ދިރާގު

މިއަދު ފިތުރު އީދު ނަމާދަށްފަހު، މާލެއާއި ބައެއް ރަށްރަށުގައި ދިރާގުގެ ފަރާތުން ކުޑަކުދިންނަށް އީދު ހަދިޔާ ބަހައިފިއެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި، މާލޭގެ އިތުރުން، ދިރާގުގެ އޮޕަރޭޝަން ސެންޓަރު ހުންނަ އަށް އަތޮޅެއްގައި ދިރާގުން ވަނީ މި ހަރަކާތް ބާއްވައިފައެވެ. އެގޮތުން، ކުޑަކުދިން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކަށް ދިރާގުގެ މުވައްޒަފުން ވަނީ ގޮސް، ކުޑަކުދިންނަށް އީދު ހަދިޔާ ބަހައި ހަދައިފައެވެ.

ދިރާގުން ބުނީ، މި ހަރަކާތަކީ ގުޅުންތައް ބަދަހިކުރުމާއި، އީދުގެ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު އެންމެންނަށްވެސް ދިނުމަށްޓަކައި ލިބޭ ފުރުސަތެއް ކަމަށާއި، އީދުގެ މުނާސަބަތުގައި ކުޑަކުދިންނަށް ބޭނުންތެރި ހަދިޔާ ދެވުމުކީ ދިރާގުގެ މުވައްޒަފުންނަށް ލިބޭ އުފަލެއް ކަމަށެވެ.

ދިރާގުން މިދިޔަ އަހަރުވެސް ވަނީ މިފަދަ ހަރަކާތެއް ބާއްވައިފައެވެ.

comment ކޮމެންޓް