ކުޑަ މަތިންދާބޯޓެއް ފްލޮރިޑާގެ ޑޭކެއާ ސެންޓަރަކަށް ވެއްޓި އެކަކު މަރުވެއްޖެ

ޕައިޕާ ޕީއޭ 28 މަރުކާގެ މަތިންދާބޯޓެއް --- ފޮޓޯ: ވިކިމީޑިއާ ކޮމަންސް

އެމެރިކާގެ ފްލޮރިޑާގައި ހުންނަ ޑޭކެއާ ސެންޓަރަކަށް ކުޑަ މަތިންދާބޯޓެއް ވެއްޓި އެކަކު މަރުވެއްޖެއެވެ.

އެގައުމުގެ ވިންކް ޓީވީއިން ރިޕޯޓުކުރި ގޮތުގައި ހޮނިހިރު ދުވަހުގެ ވަގުތެއްގައި އެ މަތިންދާބޯޓު ފްލޮރިޑާގެ ޑޭކެއާ ސެންޓަރަކަށް ވެއްޓި އެތަނުގެ އިމާރާތަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ.

އަދި އެ ހާދިސާގައި މަރުވިމީހާގެ އިތުރުން އިތުރު އެކަކު ޒަޚަމް ވިކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ފްލޮރިޑާގެ ލީ ކައުންޓީގެ ފުލުހުންގެ އިދާރާއިން ޚަބަރުދޭގޮތުގައި އެ ސިޓީގެ ޑޭކެއާ ސެންޓަރަށް އެސަރަހައްދުގެ އެއާފީލްޑަކުން ނައްޓާލި ޕައިޕާ ޕީއޭ 28 މަރުކާގެ މަތިންދާބޯޓު ވެއްޓިފައިވަނީ އުދުހުނުތާ މާގިނައިރުތަކެއް ނުވަނީހެވެ.

ލީ ކައުންޓީގެ އަންޑަޝެރިފް ވިދާޅުވިގޮތުގައި އެ ޑޭކެއާ ސެންޓަރުގެ މުވައްޒަފަކަށް އެ ހާދިސާގައި އެއްވެސް އަނިޔާއެއް ލިބިފައިނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް