ބައެއް ބަލިމީހުންނަށް މެޑަމް ފާތުން އީދު ހަދިޔާ ދެއްވައިފި

ރައީސް ޔާމީން އަދި އަނބިކަނބަލުން ފާތިމަތު އިބްރާހިމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ބައެއް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްފައި ތިބި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމް އީދު ހަދިޔާ ދެއްވައިފި އެވެ.

ފަސްޓް ލޭޑީ ކެމްޕޭން އޮފީހުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެވެސް ތަރުޖަމާނުކަން ކުރައްވާ އިބްރާހިމް މުއާޒް އަލީ ވިދާޅުވީ މެޑަމް ބެއްސެވި ހަދިޔާއަކީ އީދު ހަދިޔާއެއް ކަމަށެވެ.

"އެއީ އެކަމަނާ ކުރައްވާ އިޖްތިމާއީ މަސައްކަތްޕުޅުގެ ދަށުން، ބޮޑެތި ބަލިތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގައި އެޑްމިޓްކުރެވިފައިވާ ފަރާތްތަކުގެ ތެރޭން، ފަސްޓްލޭޑީ ޒިޔާރަތްކުރެއްވި ބައެއް ވާޑްތަކުގައި ތިއްބެވި ފަރާތްތަކަށް ބެއްސެވި ހަދިޔާއެއް،" މުއާޒް ވިދާޅުވިއެވެ.

މެޑަމް ހަދިޔާގެ ގޮތުގައި ދެއްވީ ފައިސާކަން އެނގިފައިވީ ނަމަވެސް މީހަކަށް ދިނީ ކިހާ ފައިސާއެއްކަން ސާފުވާ ގޮތެއް ނުވެ އެވެ.

comment ކޮމެންޓް