ތަށި ދިފާއު ކުރަން ނިއު ނުކުންނައިރު މާޒިޔާގެ އަމާޒަކީ ތާރީހުން ޖާގައެއް

ވެޓަރަނސް ކަޕްގައި މާޒިޔާ އަދި ދިވެހި ސިފައިންގެ ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން--ފޮޓޯ/ މާޒިޔާ

މިހާރު ކުރިއަށްދާ ވެޓަރަންސް ކަޕްގެ ފައިނަލް މެޗުގައި ވާދަ ކުރުމަށް ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަން ނިއުރޭޑިއަންޓް އަދި މި ފަހަރުގެ މުބާރާތުގެ އެންމެ ތަފާތު އެއް ޓީމް މާޒިޔާ ތައްޔާރުވެއްޖެއެވެ.

މިއީ މާޒިޔާ އެ މުބާރާތުގެ ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އަދި ނިއު އަކީ އެންމެ ފަހުން ބޭއްވި މުބާރާތުގެ އެއްވަނައެވެ.

އެ ދެ ޓީމް ކުޅޭ ފައިނަލް މެޗު މިއަދު ހަވީރު 16:15 ގައި ފެށޭއިރު ދެޓީމަށްވެސް އެ މެޗު ވަރަށް މުހިއްމު ވާނެއެެވެ. އެއް ބަޔަކު ތަށި ދިފާއު ކުރަން ނުކުންނައިރު އަނެއް ބަޔަކު ނުކުންނާނީ އަލަށް މުބާރަތުގެ ތަށި ހޯދައި އެ މުބާރާތުގެ ތާރީހުން ޖާގައެއް ހޯދާށެވެ.

ިނިއުއިން ފައިނަލްގެ ފަހު ޖާގަ ހޯދީ ބުދަ ދުވަހު ކުޅުނު ތިންވަނަ ސެމީ ފައިނަލުން މޮޅުވެގެންނެވެ. އެ މެޗުން ނިއު މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މާޒިޔާ އަދި ނިއު މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރީ އެ ދެ ޓީމް ހިމެނުނު ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. މާޒިޔާއާ ނިއު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ވާދަ ކުރި އިރު އެ މެޗުން މޮޅުވީ މާޒިޔާއެވެ.

comment ކޮމެންޓް