ޔޫރަޕަށް ހިޖުރަކުރާ އެެފްރިކާ މީހުންގެ އަދަދު 100 މިލިއަނަށް އަރައިފާނެ: ޖަރުމަނު

އެފްރިކާގެ ރެފިއުޖީން ޔޫރަޕަށް ހިޖުރަކުރަނީ --

އެފްރިކާއިން ޔޫރަޕަށް ހިޖުރަކުރާ މީހުންގެ އަދަދު މުސްތަގްބަލުގައި 100 މިލިއަނަށް އަރާފާނެ ކަމުގެ އިންޒާރު ޖަރުމަނު ވިލާތުގެ ޑިވޮލޮޕްމަންޓް މިނިސްޓަރު ގާރޑް މުލަރ ދެއްވައިފިއެވެ.

ޖީ20ގެ ބައްދަލުވުންތައް މިމަހު ޖުލައިގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޖަރުމަނުން ދަނީ އެފްރިކާ ބައްރުގައި އިތުރު އިންވެސްޓްތަކާއި އަދި ހަމަޖެހުން ގެނައުމަށް ބާރު އަޅަމުންނެެވެ.

މުލާ ދެކޭގޮތުގައި އެފްރިކާއަށް ދިމާވެފައިވާ އިގްތިސާދީ އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހައްލެއް ނުލިބެއްޖެނަމަ ދުވަހަކުވެސް ނުދެކޭފަދަ މިންވަރަކަށް ޔޫރަޕަށް އެފްރިކާ ބައްރުން ހިޖުރަކުރާ މިންވަރު އިތުރުވެދާނެއެވެ.

"އަހަރެމެން އަޅާނުލާ ތިބޭނަމަ އެފްރިކާ ގިނަ ގައުމުތަކުގެ މީހުންނަށް ޔޫރަޕަށް ހިޖުރަކުރުން ނޫން ގޮތެއް ނެތް،" ޖަރުމަނުވިލާތުގެ ޓެބްލޮއިޑް ބިލްޑް އަމް ސޮންޓާގް އާ ހަވާލާދީ މުލަރ ބުންޏެވެ.

މުލަރ ވަނީ އެފްރިކާއަށް ބޮޑެތި އިންވެސްޓްތައް ހިމެނޭ މާރޝަލް ޕްލޭން ހަދައި އަދި މުސާރަތައް ބޮޑުކުރުމަށް ލަފާދީފައެވެ.

ޖަރުމަންވިލާތުގެ ޗާންސެލަރ އެންޖަލާ މާކަލް ވަނީ، ބާލިންގައި މިދިޔަ ހޯމަ ދުވަހު ޖަރުމަނާ އެފްރިކާގެ ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން އެފްރިކާގެ ލީޑަރުންނާ ބައްދަލުވުކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި ރެފިޔުޖީންގެ މައްސަލަ ހައްލުކުރުމުގުގެ ގޮތުން 335 މިލިއަން ޑޮލަރު އެފްރިކާގައި އިންވެސްޓް ކުރުމަށް މާކެލް ވަނީ ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް