ޒަކާތުގެ ފައިސާގެ ތަފްސީލު ފެންނާކަށް ނެތް: އޮޑިޓް ރިޕޯޓް

އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާގިރު

މުދަލު ޒަކާތާއި އަދި ފިތުރު ޒަކާތުގެ ގޮތުގައި 13.4 މިލިއަން ރުފިޔާލިބިފައިވާ އިރު އެ ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލް ފެންނަން ނެތް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ. މިދިޔަ ބުދަ ދުވަހު އޮޑިޓް އޮފީހުން އާންމުކުރި އިސްލާމިކް މިނިސްޓްރިީގެ 2016ގެ އޮޑިޓް ރިޕޯޓްގައި ހާމަކޮށްފައިވާ ގޮތުގައި ތަކުރާރުކޮށް އެދުމުން ވެސް އިސްލާމިކް މިނިސްޓްރީ އިން ޒަކާތުގެ ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލް ހާމަކޮށްދީފައި ނުވާ ކަމަށާއި އަދި ޒަކާތުގެ ގޮތުގައި ލިބިފައިވާ ޖުމްލަ ތޭރަ މިލިއަން ރުފިޔާ އޭގެ ހައްގުވެރިންނަށް ލިބިފައިވާކަން ކަށަވަރުނުވާ ކަމަށެވެ. އަދި އޭގެތެރެއިން ބާކީވީ ކިހާ ފައިސާއެއްކަން ވެސް އެނގެންނެތް ކަމަށެވެ.

މިރިޕޯޓްގައި ދައުލަތުގެ މާލިއްޔާތު ގާނޫނާ ހަވާލަދީ ދައުލަތުން ފައިސާ ބަޔަކަށް ހަވާލުކުރާ ނަމަ އެކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް ލަފާ ދީފައިވެ އެވެ.

މީގެ އިތުރުން މިރިޕޯޓްގައި އެތައް މައްސަލައެއް ފާހަނގަ ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނެތުމުގެ ސަބަބުން ހަރުމުދަލުގެ ގޮތުގައި ބަޔާންކޮށްފައިވާ އަދަދުގެ ސައްހަކަން ޔަގީންކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް ބުނެފައިވެ އެވެ. އަދި މީގެ އިތުރުން ހަރަދުތައް ރިޕޯޓް ކުރުމުގައި ކޭޝް އެކައުންޓިންގެ އުސޫލަތަކާ ހިލާފުވެފައިވާ ކަމަށް ވެސް މިރިޕޯޓްގައި ފާހަނގަ ކޮށްފައިވެ އެވެ.

comment ކޮމެންޓް