އަބީޝެކް އާއެކު 'ގުލާބު ޖާމުން' ކުޅެން އައިޝްވާރްޔާ އެއްބަހެއް ނުވި!

ޕްރޮޑިއުސަރު އަނޫރާގް ކަޝްޔަޕްގެ ކުރިއަށް އޮތް ޕްރޮޑަކްޝަން 'ގުލާބް ޖާމުން' އަށް އައިޝްވާރްޔާ ރާއީ ބައްޗަން އިންކާރު ކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

އެ ފިލްމު ހުށަހެޅީ އައިޝްވާރްޔާ އައި އޭނާގެ ފިރިމީހާ އަބީޝެކް ބައްޗަން އަށެވެ. އަބީޝެކް ފިލްމަށް އެއްބަސްވެފައި ވީ ނަމަވެސް އައިޝްވާރްޔާ ފިލްމަށް އިންކާރު ކުރީ އޭނާގެ ރޯލާއި މެދު ހިތްހަމަ ނުޖެހިގެންނެވެ.

އައިޝްވާރްޔާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަނިލް ކަޕޫރު އާއެކު 'ފަންނޭ ޚާން' ކިޔާ ފިލްމަކުންނެވެ. އައިޝްވާރްޔާ ވަނީ މަނީ ރަތަމްގެ ފިލްމަކަށް ވެސް އެއްބަސްވެފައެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން އައިޝްވާރްޔާ ވަނީ 'ގުލާބް ޖާމުން' ގެ ސްކްރިޕްޓަށް އޭނާ ބޭނުންވާ ބަދަލުތައް ގެނެސްފި ނަމަ، ފިލްމަށް އެއްބަސްވުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައެވެ.

އަބީޝެކް އާއި އައިޝްވާރްޔާ އެންމެ ފަހުން އެކުގައި ފެނިގެން ދިޔައީ 2008 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ސަރްކާރް ރާޖް' އިންނެވެ. އޭގެ ކުރިން 'ކުޗް ނާ ކަހޯ' އަދި 'ގުރޫ' ގައި ވެސް ދެމީހުން އެކުގައި ފެނިގެން ދިޔައެވެ.

comment ކޮމެންޓް