މަސްތުވާތަކެތި ހުރި 319 ރަބަރު ޕެކެޓް ގުރައިދޫ ގޮނޑު ދޮށުން ފުލުހުން ނަގައިފި

ގުރައިދޫ ގޮނޑުދޮށުން ފުލުހުން ނެގި މަސްތުވާތަކެތި ހުރި ރަނަރު ޕެކެޓްތައް --- ފޮޓޯ/ ޕޮލިސް

ކ. ގުރައދޫ ގޮނޑުދޮށަށް ލައްވެފައި ހުރި 319 ރަބަރު ޕެކެޓް ފުލުހުން ނަގައިފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު އާންމު ފަރާތަކުން ފުލުހުންނަށް ހުށަހެޅި ރިޕޯޓަކަށް ގުޅިގެން 9:15 އެހާއިރު ބެލި ބެލުމުން ކ. ގުރައދޫ ގޮނޑު ދޮށުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ރަބަރު ޕެކެޓްތަކެއް ފެނިފައިވާ ކަމަށެވެ.

އެގޮތުން ޖުމްލަ 319 ރަބަރ ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުންވެސް މިއަދު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ށ. މިލަންދޫއިން ވަނީ މަސްތުވާތަކެތި ހުރި ދެ ރަބަރު ޕެކެޓާއެކު 24 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފަ އެވެ.

ދާދި ފަހުން ފުލުހުން ވަނީ މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ފަޅާއަރުވާލައި 23 ކިލޯގެ މަސްތުވާތަކެތި ހޯދާފަ އެވެ.

comment ކޮމެންޓް