ރާނީ ސީޓްބެލްޓް ނާޅުއްވައި އިންނެވުމުން ފުލުހުންނަށް ރިޕޯޓްކޮށްފި

ވެސްޓްމިންސްޓާއަށް ޕްރިންސް ޗާލްސްއާއެކު ދަތުކުރައްވަނީ

އިނގިރޭސިވިލާތުގެ ރާނީގެ ރަސްމީ ކާރުގައި ދަތުރުކުރެއްވިއިރު ސީޓްބެލްޓް ނާޅުއްވައި އިންނެވުމުން ފުލުހުންނަށް ރިޕޯޓްކޮށްފިއެވެ.

އާންމުންގެ މީހަކު 999 އަށް ގުޅައި، ރާނީ ލަންޑަނުގައި ދަތުރުކުރަމުންދިޔައިރު ސީޓްބެލްޓް ނާޅުއްވާކަމަށްބުނެ ރިޕޯޓް ކުރިވާހަކަ ވެސްޓް ޔޯކްޝަރ ފޯސް އިން ވަނީ، ކުރި ޓުވީޓެއްގައި ކަށަވަރު ކޮށްދީފައެވެ.

ނަމެވެސް އިނގިރޭސި ވިލާތުގައި ހިނގާ ގާނޫނުގެ ދަށުން ރާނީއަށް ދައުވާ ކުރުމުގެ ފުރަސަތެއް ނޯވެއެވެ.

ޕްރިންސް ޗާލްސްއާއެކު ވެސްޓް މިންސްޓަރއަށް ރާނީ ދަތުރުކުރެއްވީ ރަސްމީ ގޮތުން ޕާލިމަންޓް ހުޅުވުމުގެ ރަސްމިއްޔާތަށެވެ.

އިނގިރޭސިވލާތުގެ ގާނޫނު ބުނާ ގޮތުން ކާރުގެ ސީޓުގައި އިންނައިރު ސީޓްބެލްޓް އެޅުމަކީ ލާޒިމްކަމެކެވެ. އަދި މިގޮތަށް އަމަލުނުކޮށްފިނަމަ 500 ޕައުންޑުން ޖޫރިމަނާކުރެވޭނެއެވެ.

ޝާހީ އާއިލާގެ ވެބްސައިޓްގައި، ރާނީ އަބަދުވެސް ގާނޫނަށް އަމަލުކުރެއްވުމުގައި އިސްކަންދެއްވާކަމަށް ވަނީ ބުނެފައެވެ.

comment ކޮމެންޓް