ހުޅުމާލޭގައި އިމާރާތެއްގެ ހަތް ވަނަ ބުރިން ވެއްޓި ބިދޭސީއަކު މަރުވެއްޖެ

އިމާރާތް ކުރުމުގެ މަސައްކަތުގައި ބިދޭސީއަކު --- ސަންފޮޓޯ/ އަލީ ނަސީރު

ހުޅުމާލޭ އިމާރާތެއްގެ ހަތް ވަނަ ބުރިން ބިދޭސީއަކު ވެއްޓި މިރޭ މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ މަރުވެފައި ވަނީ 35 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ. އޭނާ މަރުވީ އޭޑީކޭ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް، މިއަދު އިރުއޮއްސި 6:30 އެހާކަންހާއިރު އެވެ.

އެ މީހާ ވެއްޓުނު އިމާރާތަކީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެކްޕާޓްސް މޯލްޑިވްސްއިން އިމާރާތް ކުރަމުންދިޔަ ތަނެކެވެ. ފުލުހުން ބުނީ އޭނާ ވެއްޓެން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. \

އިމާރާތް ކުރާއިރު ރައްކާތެރިވުމުގެ ގޮތުން ސޭފްޓީ ބެލްޓް އެޅުމަކީ އިމާރާތް ކުރުމާ ބެހޭ ގަވާއިދުގެ ދަށުން ލާޒިމް ކަމެކެވެ.

comment ކޮމެންޓް