އެއް މަސްދުވަސް ތެރޭ އޯވަޑޯޒްވެގެން ތިން މީހުން މަރުވެއްޖެ

ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ފިރިހެނަކު ނެރެނީ-- ސަން ފައިލް ފޮޓޯ

ވޭތުވެ ދިޔަ އެއް މަސްދުވަހުގެ ތެރޭގައި މަސަތުވާތަކެއްޗަށް އޯވަޑޯޒް ވެގެން ތިން މީހަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ އޯވަޑޯޒް ވެގެން މަރުވެފައި ވަނީ ދެ ފިރިހެނަކާއި އެއް އަންހެނެއް ކަމަށެވެ. އަދި ތިން މީހުނަކީ ވެސް ދިވެހިން ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އެ މައްސަލަތަކާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވި ނަމަވެސް ތިން މައްސަލަ ވެސް ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އަދި އެ މައްސަލަތަކުގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެވެ.

އޯވަޑޯޒް ވެގެން މީގެ ކުރިން ވެސް ރާއްޖޭގައި މީހުން މަރުވި ނަމަވެސް އެއް މަހުގެ ތެރޭގައި ތިން މީހުން މަރުވި ކަމަށް ރަސްމީކޮށް ރިޕޯޓް ކުރި މިއީ އަދި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.

މަސަތުވާތަކެތި ރާއްޖެ އަށް ފުޅާ ދާއިރާއަކަށް އާންމުވެފައިވާއިރު މިފަހުން ފުލުހުން ހިންގާ އޮޕަރޭޝަން ތަކުގައި މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރެވޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި އެކި ގޮތްގޮތައް ރާއްޖެ އެތެރެ ކުރުމަށް މަސަތްކަތް ކުރާ މަސަތުވާތަކެތި ވެސް ފުލުހުން އަންނަނީ އަތުލައިގަންނަމުންނެވެ.

comment ކޮމެންޓް