އީދު ބަންދުގައި އާސަންދަ އޮފީސް ހުޅުވާނެ ގަޑިތައް ކަނޑައަޅައިފި

ހުސްނުވާ އާސަންދަ އިފްތިތާހު ކުރި ހަފްލާގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ފިތުރު އީދު ބަންދު ތެރޭގައި އާސަންދަ އޮފީހުގެ ކައުންޓަރު ހުޅުވާފައި ހުންނާނެ ގަޑިތައް ކަނޑައަޅައިފި އެވެ.

އެކުންފުނިން މިއަދު ބުނި ގޮތުގައި ފިތުރު އީދު ބަންދުގެ ތެރެއިން މިމަހުގެ 28 އަދި 29 ވަނަ ދުވަހު އެ އޮފީސް ހުޅުވާނެ އެވެ. އަދި ޚިދުމަތް ދިނުމަށް ހަމަޖައްސާފައި ވަނީ އެ ދެ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު ފަހު 14:00 އާ ހަމައަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އާސަންދަ ކުންފުންޏަކީ ދިވެހި ހުރިހާ ރައްޔިތުންނަށް އިންޝުރެންސްގެ ޚިދުމަތްދޭ ސަރުކާރު ކުންފުންޏެކެވެ.

comment ކޮމެންޓް