ފޯނެއް ފޭރިގަނެގެން ދެ މީހަކު ފިލަން ދުއްވި ސައިކަލެއް އެކްސިޑެންޓު ވެއްޖެ

ފުލުހުންނަށް ފިލަން ދުއްވި ވެހިކަލަކުން އެއްޗެހިތަކެއް ނަގަނީ-- ސަން ފައިލް ފޮޓޯ

ބިދޭސީއެއް އަތުން ފޯނެއް ފޭރިގަނެގެން ސައިކަލެއްގައި ފިލަން އުޅުމުގެ ތެރޭގައި އިތުރު ސައިކަލަކާ އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ އިއްޔެ ހެނދުނު 8:33 އެހާއިރު ލަގްޒަރީ ފިހާރަ ކައިރިން ކަމަށެވެ. ސައިކަލެއްގައި ދުއްވާފައި ދިޔަ ދެ މީހަކު ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަނެގެން ފުލުހުންގެ ވެހިކަލަށް ފިލަން ދުއްވުމުގެ ތެރޭގައި އިތުރު އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގީ ކަމަށެވެ.

ނަމަވެސް އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްގައި ވަނީ 24 އަހަރާއި 34 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އަދި އެ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހާދީފައެވެ.

މާލޭގެ ގިނަ ސަރަހައްދުތަކަކުން ހުއްޓުވުމަށްފަހު ތަފާތު ގޮތް ގޮތަށް ބިރުދައްކައިގެން ފޭރުމުގެ މައްސަލަތައް ވަނީ ދާދި ފަހުން ކުރިމަތިވެފަ އެވެ. އަދި އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް