އެމްއާރްޑީސީގެ އެމްޑީ، ނިމާލް އިސްތިއުފާ ދެއްވައިފި

މުހައްމަދު ނިމާލް

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުން މުހައްމަދު ނިމާލް އިސްތިއުފާދެއްވައިފި އެވެ.

ނިމާލް އިސްތިއުފާދެއްވީ ކީއްވެގެން ކަމެއް އަދި ސާފެއްނުވެ އެވެ. ނިމާލަށް ގުޅުމުން އޭނާގެ ފޯނު ނިއްވާލާފައި ވާތީ މިކަމާ ގުޅޭ ގޮތުން އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

މި ސަރުކާރުގައި ނިމާލް އެންމެ ފުރަތަމަ އަދާކުރެއްވި މަގާމަކީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމެވެ. އެ މަގާމުން އޭނާ ވަކިކުރެއްވުމަށް ފަހު ދެން ބަދަލުކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށެވެ. އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އޭނާ ބަދަލުކުރެއްވީ އެ މަގާމުން ވަކިކުރެއްވުމަށް ފަހު އެވެ.

comment ކޮމެންޓް