ކްރިކެޓުން ޕާކިސްތާން މޮޅުވުން ފާހަގަ ކުރި އިންޑިއާގެ 15 މުސްލިމުން ހައްޔަރުކޮށްފި

ޗެމްޕިއަންސް ޓްރޮފީން ޕާކިސްތާން މޮޅުވުމުން އެކަން ކަޝްމީރުގައި ފާހަގަ ކުރަނީ -- ފޮޓޯ: އޭއެފްޕީ

ދިއްލީ (ޖޫން 21): އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުޅުނު ކްރިކެޓް މެޗެއްގައި ޕާކިސްތާން މޮޅުވުމުން އެކަން ފާހަގަ ކުރި އިންޑިއާގެ 15 މުސްލިމް ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން ބޭއްވި ޗެމްޕިއަންސް ޓްރޮފީގެ ފައިނަލުން ޕާކިސްތާން މޮޅުވުމާ ގުޅިގެން އާދިއްތަ ދުވަހުގެ ރޭ އެކަން ފާހަގަ ކުރި ބަޔަކު ހައްޔަރު ކުރީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ބުރްހަންޕޫރުންނެވެ.

އެމީހުން ޕާކިސްތާނަށް ތާއިދު ކުރި ކަމަށް ބުނެ ހިންދޫންގެ ބަޔަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން ފުުލުހުން ވަނީ އުމުރުން 19 އަހަރާއި 35 އަހަރާ ދެމެދުގެ އެ 15 މީހުންގެ މައްޗަށް ދައުލަތާ ދެކޮޅު އަމަލެއް ހިންގުމުގެ ދައުވާކޮށްފަ އެވެ. އަދި މައްސަލައިގެ ޝަރީއަތް ފެށެންދެން ޖަލަށްލާފަ އެވެ.

އިންޑިއާގައި ދައުލަތާ ދެކޮޅު އަމަލެއް ހިންގުމަކީ ޕާސްޕޯޓު އަތުލައި، ސަރުކާރުން ވަޒީފާ އަދާ ކުރުމަށް ހުރަސް އަޅައި، އުމުރަށް ޖަލަށް ލާންވެސް ހުކުމް ކުރެވިދާނެ ކުށެކެވެ. (އަލްޖަޒީރާ)

comment ކޮމެންޓް