ޕީޖީ އޮފީހުގެ ކުރީގެ ވަކީލު ހިޝާމް އެސިސްޓެންޓް އޭޖީއަކަށް

ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލު އަހުމަދު ހިޝާމް ވަޖީހު --- ފޮޓޯ/ ފޭސްބުކް

ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލު އަހުމަދު ހިޝާމް ވަޖީހު އެސިސްޓެންޓް އެޓާނީ ޖެނެރަލް އަކަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން އެސިސްޓެންޓް އެޖީގެ މަގާމަށް ހިޝާމް އައްޔަން ކުރެއްވި ކަން ރައީސް އޮފީހުން ކަށަވަރުކޮށްދެ އެވެ.

ހިޝާމް އަކީ ދައުލަތުގެ ފަރާތުން ބޮޑެތި މައްސަލަ ތަކުގައި ވަކަލާތު ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ދައުލަތުން ދައުވާ ކުރި މައްސަލަ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ދައުލަތުން ދައުވާ ކުރި މައްސަލަތަކާއި އަދި ބޮޑެތި މަރުގެ މައްސަލަތައް ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް