މަޖިލީހުން ރުހުން ދިން ތިން މެމްބަރުން އެލްޖީއޭގެ ބޯޑަށް އައްޔަނުކޮށްފި

އެލްޖީއޭގެ ބޯޑަށް މިއަދު އައްުޔަނުކުރި ތިން މެމްބަރުން ---

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ތިން ބޭފުޅުން އެ ބޯޑުގެ މެމްބަރުންގެ ގޮތުގައި އައްޔަނުކޮށްފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެލްޖީއޭގެ ބޯޑަށް ތިން މެމްބަރުން އައްޔަނުކޮށްފައިވަނީ މިއަދުއެވެ.

އެ ތިން މެމްބަރުންނަކީ

  • އާމިރު އަލީ، ގއ. ކަނޑުހުޅުދޫ، ހެޕީކޯނަރ: އާމިރަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއް.
  • އަހުމަދު ހަސަން، ސ. ހިތަދޫ، ފަރުދާބަގީޗާގެ: އަހުމަދު ހަސަނަކީ މަދަނީ ޖަމިއްޔާއެއް މެމްބަރެއް.
  • މިންނާ ރަޝީދު، ފ. ނިލަދޫ، ހަތިކޮޅު: މިންނާއަކީ ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ކަނބަލެއް

މީގެ ކުރިން ނުވަ މެމްބަރުންގެ މައްޗަށް އެލްޖީއޭގެ ބޯޑު އެކުލެވުނު ނަމަވެސް، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކާ އެކު، އެ ބޯޑުގައި ދެން ތިބޭނީ ފަސް މެމްބަރުންނެވެ. އެ ފަސް މެމްބަރުން އެ ބޯޑަށް އައްޔަނުކުރާނީ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

އެލްޖީއޭގެ ބޯޑު އެކުލެވިގެންވާ ގޮތް

  • ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެއް
  • ޖެންޑަ އިކުއަލިޓީ ދާއިރާއިން ތަޖުރިބާ ލިބިފައި ހުރި އަންހެން މެމްބަރެއް
  • މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައި ހުރި މެމްބަރެއް
  • ޗީފް އެގެޒެކެޓިވް އޮފިސަރެއް
comment ކޮމެންޓް