މާފަންނު ސްޓޭޑިއަމާއި ސެންޓްރަލް ޕާކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ

މާފަންނު ސްޓޭޑިއަމްގައި މިދިޔަ އަހަރު އަޟްހާ އީދުގެ ނަމާދު ބޮޑު ޖަމާއަތުގައި ކުރަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާޙު

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ފިތުރު އީދު ނަމާދު ވެސް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނީ މާފަންނު ސްޓޭޑިއަމްގައި ކަމަށެވެ. އަދި ވިލިމާލޭގެ ބޮޑު ޖަމާއަތް ވިލިގިލި ބޯޅަދަނޑުގައި ކުރާއިރު، ހުޅުމާލޭގައި އީދު ނަމާދު ކުރާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ބޮޑު ޖަމާއަތް ކުރި ނަމަވެސް، މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި ވެސް އީދު ނަމާދު ކުރާނެ އެވެ.

އެގޮތުން އިސްލާމީ މަރުކަޒުގެ އިތުރުން މާލޭގެ 14 މިސްކިތެއްގައި ކުރަން ހަމަޖައްސާފައިވާއިރު، ވިލިމާލޭ މަސްޖިދުއްސަލާމް ގައާއި ހުޅުލޭގައި މަސްޖިދުއްސަބީލްގައި ކުރާނެއެވެ. އަދި ހުޅުމާލޭގައި މަސްޖިދު ޝައިހް ގާސިމް ބިން މުހައްމަދު އާލް ސާނީ އަދި ހުޅުމާލެ ވަގުތި މިސްކިތުގައި ވެސް ފިތުރު އީދު ނަމާދު ކުރާނެ އެވެ.

މާލޭގައި މިއަހަރުގެ ފިތުރު އީދު ނަމާދު ކުރާނެ މިސްކިތްތައް:

  • މަސްޖިދުއްސުލްތާން މުހައްމަދު އިމާދުއްދީން
  • މަސްޖިދުއްސުލްތާން މުހައްމަދު ޝަމްޝުއްދީން
  • މަސްޖިދުއްސުލްތާން މުހައްމަދު ފަރީދުލްއައްވަލު
  • މަސްޖިދުލްސުލްތާން ހަސަން އިއްޒުއްދީން
  • މަސްޖިދުއްނޫރު
  • މަސްޖިދުއް ޝަހީދު އަލީ
  • މަސްޖިދު ސަލާހުއްދީން
  • މަސްޖިދުލްފުރުގާން
  • މަސްޖިދުލްޒިކްރާ
  • މަސްޖިދު އިސްކަންދަރު
  • މަސްޖިދުއްޖަލާލުއްދީން
  • މަސްޖިދު އިބްރާހިމް
  • މަސްޖިދު ޝަހީދު އަބްދުއްރަހްމާން (ފަނޑިޔާރު މިސްކިތް)

މިއަހަރުގެ ފިތުރު ބޮޑު ޖަމާއަތުގައި ކުރަން ނިންމާފައިވީ ނަމަވެސް، އެކަމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތެއް އަދި އިސްލާމިކް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް