ގެރި ބަލަހައްޓަން ތަންތަން ހަދަން ޓެކުހެއް ނަގަން ބީޖޭޕީީ ލީޑަރަކު ގޮވާލައްވައިފި

ބީޖޭޕީގެ ލީޑަރު ސުބްރަމާނިޔަން ސްވާމީ

ގެރި ބަލަހައްޓާނެ ތަންތަން ހެދުމަށްޓަކައި ވަކި ޓެކުހެއް ނެގުމަށް ބީޖޭޕީގެ ލީޑަރ ސުބްރަމާނިޔަން ސްވާމީ ގޮވާލައްވައިފިިއެވެ.

"1962 ވަނަ އަހަރު ޗައިނާއިން އިންޑިއާއަށް އަރައިގަތުމުން ދިފާއީ ފަންޑެއް ހެދުމަށް އޭރު ގޮވާލެވުނު. މި ގައުމުގައި މިވަގުތު ހުރީ އެކަހަލަ ޖޯޝެއް. ޕެޓްރޯލް އަޅާ ކޮންމެ ފަހަރަކު އޭގެން އެއް ރުފިޔާ ނަގަން އެދެފިނަމަ އެކަމަށް އިސާހިތަކު ވަރަށްގިނަ ލާރި ލިބިދާނެ،" ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގައި ވިރާތު ސަންގަމް ހިންދުސްތާނުން އިސްނަގައިގެން ބޭއްވި ގައުމީ ފެންވަރުގައި ގެރި ރައްކާތެރި ކުރުމާބެހޭ ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސްވާމީ ވިދާޅުވި އެވެ.

"ގެރި ރައްކާތެރި ކުރުމައްޓަކައި ހިންދީން، މުސްލިމުން އަދި ހުރިހާ ދީނެއްގެ މީހުންގެ އަތުން ޓެކްސް ނަގަަން ޖެހޭނެ. ގެރި ރައްކާތެރިކޮށް ބެލެހެއްޓުމަކީ ވަރަށް ބޮޑު ހިދުމަތެއް. މިކަމަށް ގައުމީ ފެންވަރުގައި ގެރި ބަލަހައްޓާނެ ޖަމާއަތެއް ހަދަން ޖެހޭ،" ބީޖޭޕީގެ ލީޑަރު ވިދާޅުވިއެވެ.

މިކޮންފަރެންސްގައި ބައިވެރިވި ސަރުކާރުގެ އެންމެ އިސްވެރިންގެ ތެރޭގައި ހިމެނުނު މިނިސްޓަރ އޮފް ހޯމް އެފައާޒް ހަމްސްރާޖް އާހިރު ވިދާޅުވިގޮތުގައި ދުވަސްވީ ގެރި ގެންގުޅުމަކީ ދަނޑުވެރިންނަށް ވަރަށް ހަރަދު ބޮޑު ކަމެކެވެ.

"އަޅުގަނޑު ޕްރޮޕޯޒް ކުރަނީ ހަތް ކްރޯޑްގެ ހެކްޓަރުގެ ސަރަހައްދެށް ޖަންގަލިން ގެރި ބަލަހައްޓާ ތަންތަން ހެދުމަށްޓަކައި ހާއްސަ ކުރަން. ގެރި ރައްކާތެރި ކުރަން ބޭނުންނަމަ މިނިކާވަގު ރައްކާތެރިކޮށް ބަލަހައްޓާ ތަންތަން ހެދިހެން ވަކިން އެފަދަ ތަންތަން ހަދަންވީ،" އާހިރު ވިދާޅުވިއެވެ.

އާހިރު އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ހުރި ގެރި ބަލަހައްޓާ ތަންތަން ވަނީ ވަރަށް ބާރު ބޮޑުވެ، ގެރިތައް ވިއްކާލަންޖެހޭ ހިސާބަށް ގޮސްފައެވެ. މިކޮންފަރެންސްގައި ބައިވެރިވި އެކިއަކި ފަރާތްތަކުން ވަނީ ގެރި ރައްކާތެރި ކުރުމަށްޓަކައި އެކިއެކި ކުންފުނިތަކުން ދިރާސާތައް ހެދުމަށާއި އަދި މިކަމަކީ އިޖްތިމާއީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ގޮވާލާފައެވެ.

އުރްޖާ ވާރލްޑް ފައުންޑޭޝަންގެ ފައުންޑަރު ސްވާމީ އަރިހާންޓް ވަނީ ސްލޫލުގެ ކަރިކިއުލަމްގައި ގެރިރައްކާތެރި ކުރުން ހިމެނުން ލާޒިމްކުރުމަށް ގޮވާލައްވައިފައެވެ.

"އަހަރުމެންގެ ދަރިން ސްކޫލު ތަކަށް ގޮސް ވަނީ މާބޮޑަށް ހުނޅަގުގެ ސަގާފަތް އަށަގެންފައި. އަހަރުމެން މިހާރު ސްކޫލު ތަކުގައި ކިޔަވަދޭންވީ ގެރި ރައްކާތެރި ކުރުމާ ބެހޭގޮތުން،" އަރިހާން ވިދާޅުވިއެވެ.

comment ކޮމެންޓް