ސުލްހައިގެ ވާހަކަތަކަށް ކުޝްނާ އިޒްރޭލާއި ވެސްޓް ބޭންކަށް

ވައިޓް ހައުސްގެ ސީނިއާ އެޑްވައިޒަރު ޖެރެޑް ކުޝްނާ. --- ފޮޓޯ: އެޕީ

ވައިޓް ހައުސްގެ ސީނިއާ އެޑްވައިޒަރު ޖެރެޑް ކުޝްނާ އިޒްރޭލާއި ވެސްޓެ ބޭންކަށް ސުލްހައިގެ ވާހަކަތަކަށް ދިޔުމަށް ހަމަޖެހިއްޖެއެވެ.

އަންނަ ބުދަދުވަހު އިޒްރޭލުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެގައުމުގެ ދާރުއްސަލާމްގައި ކުޝްނާ ބައްދަލުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހަމަ މިދުވަހު ފަލަސްތީނުގެ ރާމައްﷲ ގައި އެގައުމުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވައިޓް ހައުސްގެ އިސް އޮފިޝަލަކު ސީއެންއެންއަށް ވިދާޅުވިގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެންމެ އިސްކަމެއްދޭ އެއްކަމަކީ ފަލަސްތީނާއި އިޒްރޭލާ ދެމެދު ދެމެހެއްޓެނިވި ސުލްހައިގެ އެއްބަސްވުމަކަށް ވާސިލުވުމެވެ.

އެމެރިކާ ސަރުކާރުގެ އިޒްރޭލު-ފަލަސްތީނު މައްސަލައިގެ އިސް ނިގޯޝިއޭޓާ ޖޭސަން ގްރީންބްލެޓާ އެކު ޑޮނަލްޑް ޓްރަމްޕް ހުސްވި މޭމަހު މެދުއިރުމަތީގެ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދިއުމަށް އިޒްރޭލަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިވެސް ކުޝްނާވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކުޝްނާ އަދި ގްރީންބްލެޓް އަކީ ޓްރަމްޕް ސަރުކާރުން މެދު އިރުމަތީގައި ސުލްހައަށް ވާސިލުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުމުގެ އެންމެ އިސް ޒިންމާ ހަވާލުކޮށްފައިވާ ދެބޭފުޅުންނެވެ.

މަސްދަރު: ސީއެންއެން

comment ކޮމެންޓް