ގްރެންފެލް ޓަވަރުގައި ރޯވި ހާދިސާގައި މިހާތަނަށް 79 މަރު

ލަންޑަނުގައި ހުންނަ ގްރެންފެލް ޓަވަރު. މިއިމާރާތުގައި ރޯވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 79 އަރާފައިވޭ. --- ފޮޓޯ: އޭޕީ

މިދިޔަ ހަފްތާގައި ލަންޑަންގެ ގްރެންފެލް ޓަވަރުގައި ހިނގި ނުރައްކާތެރި އަލިފާނުގައި ހާދިސާގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 79 އަކަށް އަރައިފިއެވެ.

ލަންޑަނުގެ ފުލުހުންގެ ކޮމާންޑަރު ސްޓުއާޓް ކަންޑީ ރޮއިޓާސްއަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވި ގޮތުގައި ގްރެންފެލް ޓަވަރުގައި ރޯވުމުގައި ހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއްކަމުގައި ވިޔަސް، މިހާތަނަށް މަރުވިކަމަށް ރިޕޯޓު ކޮށްފައިވާ އަދަދަށްވުރެން އެހާބޮޑުތަން މައްޗަށް ނުދާނެކަމަށް އޭނާ ލަފާކުރެއެވެ.

ކޮމާންޑަރު ކަންޑީ އިތުރަށް ވިދާޅުވިގޮތުގައި މިހާދިސާގައި ގެއްލުނު ކަމަށް ރިޕޯޓުކުރެވުނު ފަސްމީހުންވެސް ގަދަވެ ސަލާމަތުން ތިއްބައި ހޯދިފައިވެއެވެ.

ލަންޑަނުގައި ހުންނަ ގްރެންފެލް ޓަވަރުގައި ރޯވީ މިހިނގާ ޖޫންމަހުގެ 14 ވަނަ ދުވަހުގެ ރޭގަނޑު 00:54 ހާއިރުކަމަށް ލަންޑަނުގެ ފުލުހުން އަދި ދުނިޔޭގެ އެކި މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު އެއިމާރާތުގައި 24 ގަޑިއިރު ވަންދެން މެދުނުކެނޑި އަލިފާން ރޯވެފައި ހުރިކަމަށްވެއެވެ.

މިހާދިސާއާ ގުޅިގެން އިމަޖެންސީ އެހީ ފޯރުކޮށްދޭ ފަރާތްތަކުން ވަނީ އިމާރާތުން ސަލާމަތުން ނިކުތް މީހުންނަށް އަވަސްފަރުވާ ދިނުމަށް އެސަރަހައްދުގައި ކެނޑިނޭޅި ހަރަކާތްތެރިވެފައެވެ.

މަސްދަރު: ރޮއިޓާސް

comment ކޮމެންޓް