ޕާކިސްތާނަށް ލިބުނު މޮޅާއެކު އަލުން އެގައުމުގައި ބައިނަލްއަގުވާމީ މެޗުތައް ކުޅެވޭނެ ކަމުގެ އުންމީދު އެބައޮތް: ސަރްފްރާޒް

އިންޑިއާ އަދި ޕާކިސްތާން އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި ކުޅުނު މެޗުގެ ތެރެއިން--ފޮޓޯ/ ފޭސްބުކް

އިންޑިއާ އަތުން ލިބުނު ތާރީހީ މޮޅަކީ ޕާކިސްތާނަށް މުހިއްމު ދަނޑިވަޅެއްގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި އުންމީދު ކުރަނީ އެ ކާމިޔާބީގެ ސަބަބުން ޕާކިސްތާނުގެ ކްރިކެޓް އެހެން ހަރުފަތަކަށް ދިޔުން ކަމަށް އެ ޓީމުގެ ކެޕްޓަން ސަރްފަރާޒް އަހްމަދު ބުނެފިއެވެ.

އާދިއްތަ ދުވަހު 180 ލަނޑު ހަދައިގެން އިންޑިއާ އަތުން މޮޅުވެ އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކާމިޔާބުކުރި މެޗަށް ފަހު ވާހަކަދައްކަމުން 30 އަހަރުގެ ކެޕްޓަން ބުނީ، 2009 ވަނަ އަހަރަށް ފަހު އެ ގައުމުގައި ބައިނަލްއަގުވާމީ އެއްވެސް މެޗެއް ކުޅެފައިވާ ނުވި ނަމަވެސް މި ކާމިޔާބީގެ ސަބަބުން އެކަން ބަދަލުވެ ކުރިއަށް އޮތް ތަނުގައި ރަނގަޅު މެޗްތަކެއް ކުޅެން ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ޕާކިސްތާނަށް 2009 ވަނަ އަހަރު ދިޔަ ސްރީލަންކާ ޓީމަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ގިނަ ބަޔަކަށް އަނިޔާވެ ބައެއް މީހުން މަރުވި ހާދިސާއަށް ފަހު އެގައުމުގައި ބައިނަލްއަގުވާމީ މެޗެއް ކުޅެފައެއް ނުވެއެވެ.

މިވީ މުއްދަތުގެ ތެރޭގައި ޕާކިސްތާނުގެ އަމިއްލަ ދަނޑުގެ ގޮތުގައި އެކުވެރި އަރަބި އިމާރާތް އޮތް ކަމަކު ކުރިއަށް އޮތްތަނުގައި ޕާކިސްތާނުގައި މެޗުތައް ކުޅެވޭނެ ކަަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

comment ކޮމެންޓް