Sun Online
ޅ. އަތޮޅު ހިންނަވަރު--
ޅ. އަތޮޅު ހިންނަވަރު--

އީދާ ދިމާކޮށް ހިންނަވަރުގައި ވެޓަރެންސް ފުޓްސަލް މުބާރާތެއް

މުޙައްމަދު ސަމާޙު
ލިޔުނީމުޙައްމަދު ސަމާޙު

ޅ. އަތޮޅު ހިންނަވަރު ޒުވާނުންގެ މަރުކަޒާއި އެރަށު ޕޮލިސް ސްޓޭޝަނުން ގުޅިގެން ކުރިއަށް ފިތުރު އީދު ތެރޭގައި ވެޓަރަންސް ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

" ޖޭއެފްއެމް، ހިންނަވަރު ވެޓަރަންސް ފުޓްސަލް ޗެލެންޖް 2017"ގެ ނަމުގައި ކުރިއަށްގެންދާ އެ މުބާރާތަކީ އުމުރުން 30 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދެވޭ މުބާރަތެކެވެ.

ހިންނަވަރު ފުޓްސަލް ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އެމުބާރާތުގައި ބައިވެރިކުރާ ޓީމުތަކުގެ ޓީމު ލިސްޓުގައި ރަށުން ބޭރު ދެ ކުޅުންތެރިއަކު ޖެހޭއިރު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހުޅުވާލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މަހުގެ 26 ވަނަ ދުވަހު މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު އެ މުބާރާތް އިންތިޒާމްކުރާ ފަރާތުންބުނީ ވެޓަރަންސް މުބާރާތެއް ބޭއްވުމަށް ނިންމީ އެރަށުގައި ތިބި އުމުރުން ދޮށީ މީހުން ރަށުގެ ފުޓްބޯޅަ ކުރިއަރުވަން ކުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނާއި އުމުރުން ދޮށީ މީހުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހެދުމުގެ މަގްސަދުގެ އިތުރުން އެ ކުޅުންތެރިންގެ ރަނގަޅު އަހްލާގް ފެނި މިހާރު ކުރިއަރަމުން އަންނަ ކުޅުންތެރިންނަށް ރަނގަޅު ނަމޫނާއެއް ދެއްކުމަށް ކަމަށެވެ.

infinity loading...
×
DB released 01.