ރޮބިންސަން ކްލަބް ރިސޯޓުގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ގދ. ފުނަމާއްޑުއާގައި ހިންގާ ރޮބިންސަން ކްލަބު މޯލްޑިވްސްގެ ލޯންޑްރީގައި އަލިފާން ރޯވެ، އަނދަނީ-- ސަން ފޮޓޯ/ ކިޔުންތެރިއެއް

ގދ. ފުނަމާއްޑުއާގައި ހިންގާ ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއްގައި ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އަލިފާން ރޯވެފައި ވަނީ ރޮބިންސަން ކްލަބުގެ ލޯންޑްރީގަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

އެ ރިސޯޓުގައި އަލިފާނުގެ އެ ހާދިސާ ހިނގީ މިރޭ މެންދަމު 2:15 އެހާކަންހާއިރު އެވެ. ގަޑިއެއްހާއިރުގެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް އަދިވެސް ކޮންމެ ވެސް ވަރަކަށް ދުން އަރަމުންދެ އެވެ.

ގދ. ފުނަމާއްޑުއާގައި ހިންގާ ރޮބިންސަން ކްލަބު މޯލްޑިވްސްގެ ލޯންޑްރީގައި އަލިފާން ރޯވެ، އަނދަނީ-- ސަން ފޮޓޯ/ ކިޔުންތެރިއެއް

ރޮބިންސަން ކްލަބް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު "ސަން"އަށް ބުނީ އަލިފާނުގެ އެ ހާދިސާގައި ލޯންޑްރީއަށް ބޮޑެތި ގެއްލުންތަކެެއްވެފައިވާ ކަމަށެވެ.

comment ކޮމެންޓް