ދިރާގު "ޓްގެދަރ އޭސް ވަން 3އޮން3 ބާސްކެޓްބޯލް ޓޯނަމަންޓް"

ދިރާގު ޓްގެދަރ އޭސް ވަން 3އޮން3 ބާސްކެޓްބޯލް ޓޯނަމަންޓުގެ ތެރޭން -- ފޮޓޯ: ޓީއޭއޯ ޓީމް

"ދިރާގު ޓްގެދަރ އޭސް ވަން 3އޮން3 ބާސްކެޓްބޯލް ޓޯނަމަންޓް"ގެ ނަމުގައި، ރާއްޖޭގައި ބާސްކެޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން މުބާރާތެއް ކުރިއަށް އެބަގެންދެއެވެ.

ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިގެން ކުރިއަށް ގެންދާ، މި މުބާރާތަކީ، ބާސްކެޓްބޯޅައަށް ލޯބިކުރާ ޒުވާނުންތަކެއް ގުޅިގެން، އެ ކުޅިވަރު ކުރިއަރުވައި، އަދި އެ ކުޅިވަރުގެ ތެރޭގައި އުޅޭ ފަރާތްތަތައް އެއްތަނަކަށް ގެންސް އެއްބައިވަންތަކަން އުފެއްދުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

ކޯ-ސްޕޮންސަރުންގެ ގޮތުގައި ކެފޭ އަލްފްރެސްކޯ، ސީ ގިއަރ، ޝްވެކް ސިނަމާ، ރިވައިވް ފިޓްނެސް، ހިންމަފުށި ވޯޓަރ ސްޕޯޓްސް އަދި ސެވަންއޯޝަންސް ހަމަޖައްސާފައިވާ މި މުބާރާތް ކުރިއަށް ދާނީ ޖޫން 16 އިން 20ގެ ނިޔަލަށެވެ.

މެޗުތައް ކުރިއަށް ދާނީ، ހަވީރު 4:30އިން 5:30އަށް އަދި ރޭގަނޑު 9:00 އިން 12:00އަށެވެ.

އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން އަދި 21 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޑިވިޝަން، އަދި މިކްސް ޑިވިޝަން ހިމެނޭގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ވަނަވަނައަށް އަންނަ ފަރާތްތަކަށް އަގުހުރި އިނާމުތަކެއްވެސް ހުށަހަޅާފައި ވެއެވެ.

ދިރާގު ޓްގެދަރ އޭސް ވަން 3އޮން3 ބާސްކެޓްބޯލް ޓޯނަމަންޓު އިންތިޒާމްކުރި ޒުވާނުން -- ފޮޓޯ: ޓީއޭއޯ ޓީމް

ޑިވިޝަންތަކުގެ އިތުރުން ކޮންމެ ދުވަހަކު ކުރިއަށް ގެންދާ ޚާއްސަ ޗެލެންޖުތަކުގައި ބައިވެރިވުމުގެ ފުރުސަތު އެތަނަށް ޒިޔާރާތްކުރާ ފަރާތްތަކަށް ލިބޭއިރު، އެ ފަރާތްތަކަށް ވެސް ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ޝްވެކް ކްރައުޑް ޗެލެންޖް:

މުބާރާތް ކުރިއަށް ދާއިރު ކޮންމެ ރެޔަކުވެސް އެތަނަށް ޒިޔާރާތްކުރާ ފަރާތްތަކުގެ މެދުގައި ހިލޭ ބައިވެރިވެވޭ ގޮތަށް ކްރައުޑް ޗެލެންޖެއް ކުރިއަށް ގެންދާނެއެވެ. އެގޮތުން އެންމެ ގިނައިން ސްކޯކުރާ ދެ ބައިވެރިއަކަށް ޝްވެކުން 2 ޓިކެޓް ހިލޭ ލިބޭނެއެވެ.

ސީގިއަރ ފްރީ ތްރޯ ޗެލެންޖް:

މުބާރާތް ކުރިއަށް ދާއިރު ކޮންމެ ރެޔަކުވެސް އެތަނަށް ޒިޔާރާތްކުރާ ފަރާތްތަކުގެ މެދުގައި ފްރީ ތްރޯ ޗެލެންޖެއް ކުރިއަށް ގެންދާނެއެވެ. މި ހަރަކާތުގައި ބައިވެރިވެވޭނީ 50 ރުފިޔާ ދީގެންނެވެ. އެއް މިނިޓްތެރޭގައި އެންމެ ގިނައިން ސްކޯކުރާ ފަރާތްތަކަށް 500 ރުފިޔާގެ ވައުޗަރެއް ލިބޭނެއެވެ. އަދި ފައިނަލަށް ކޮލިފައިވާނެއެވެ. ފައިނަލް ބުރު ކާމިޔާބުކުރާ ބައިވެރިއަކަށް ސީ ގިއަރއިން ސްކަލް ކެންޑީ ހެޑްސެޓެއް ލިބޭނެއެވެ.

ފިރިހެން ޑިވިޝަން:

ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމަކާއި، ހިންމަ ފުއްޓަށް އެއްދުވަހުގެ ދަތުރެއް ލިބޭނެއެވެ. އެ ދަތުރުގައި ހިންމަފުށި ވޯޓަރ ސްޕޯޓްސްއިން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ހިލޭ ބައިވެރިވެވޭނެއެވެ.

ރަނަރަޕް ޓީމަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް.

ދިރާގު ޓްގެދަރ އޭސް ވަން 3އޮން3 ބާސްކެޓްބޯލް ޓޯނަމަންޓުގެ ތެރޭން -- ފޮޓޯ: ޓީއޭއޯ ޓީމް

އަންހެން ޑިވިޝަން:

ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމަކާއި، ރިވައިވް ފިޓްނަސްއިން 3 މަސްދުވަހުގެ ހިލޭ ޖިމް އެޑްމިޝަން ލިބޭނެއެވެ.

ރަނަރަޕް ޓީމަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް.

21 އަހަރުން ދަށުގެ ފިރިހެން:

ޗެމްޕިއަން ޓީމަށް 2000 ރުފިޔާގެ ފައިސާގެ އިނާމަކާއި، ހިންމަ ފުއްޓަށް އެއްދުވަހުގެ ދަތުރެއް ލިބޭނެއެވެ. އެ ދަތުރުގައި ހިންމަފުށި ވޯޓަރ ސްޕޯޓްސްއިން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ހިލޭ ބައިވެރިވެވޭނެއެވެ.

ރަނަރަޕް ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް.

21 އަހަރުން ދަށުގެ އަންހެން:

ޗެމްޕިއަން ޓީމަށް 2000 ރުފިޔާގެ ފައިސާގެ އިނާމަކާއި، ރިވައިވް ފިޓްނަސްއިން 3 މަސްދުވަހުގެ ހިލޭ ޖިމް އެޑްމިޝަން ލިބޭނެއެވެ.

ރަނަރަޕް ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް.

މިކްސް ޑިވިޝަން:

ޗެމްޕިއަން ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމެއް

ރަނަރަޕް ޓީމަށް 4000 ރުފިޔާގެ ފައިސާގެ އިނާމެއް.

comment ކޮމެންޓް