އުސްފައިވާނުގައި ފަރިކަމާއެކު ހިނގާލާނެ ގޮތުގެ ސިއްރު

ޢުސްފައިވާނަކީ އަންހެން ކުދިންގެ އެންމެ ގާތް އެކުވެރިޔާއެވެ. އުސްފައިވާނަކީ އެއަށް އެރުމުން އާންމުކޮށް އިސްކޮޅުން ދިގުވެފައި ހިކި ކަމަށް ދައްކާ އެއްޗެކެވެ. ހޮލީވުޑްގެ އެފަދަ ދެވަނެއެއް ނެތްފަދަ ރީތި ބަތަލާ މެރިލިން މޮންރޯބުނެފައިވެއެވެ.

"އަންހެން ކުއްޖަކަށް އެކަށީގެންވާ ހެޔޮވަރުގެ ފައިވާނެއް ދީފިނަމަ އޭނާއަށް މުޅި ދުނިޔެ ވެސް ފަތަހަ ކޮށްލެވިދާނެ އެވެ." މިއީ އަދި ކިތަންމެ ބޮޑު ތެދަކަށް ވިޔަސް، ފުންނާބު އުސް ފައިވާނުގައި ހިނގަން ރަނގަޅަށް ނޭނގޭނަމަ މި ބަހުގެ ބޭނުމެއް ނެތެވެ.

ހާއްސަކޮށް އުސް ފައިވާނަށް ހޭނިފައި ނުވާނަމަ މިއީ އަދި ވަރަށް ވެސް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް ހާސްވާނެކަމެއް ނެތެވެ. ކުޑަ އުކުޅަކާ އަދި ފަރިތަކުރުމަކާއެކު ހިތްގައިމު ވިކްޓޯރިއާ ސީކްރެޓްސްގެ މޮޑެލުން ހިނގާލާފަދަ ފަރި ހިނގުމެއްގައި ހިނގާލެވިދާނެއެވެ. ތިރީގައި މި ދަންނަވާލަނީ މިކަމުގައި ބޭނުންކުރާނެ އުކުޅުތަކެވެ.

ފުރަތަމަ އުކުޅު

ހިނގައިގަންނައިރު ކައްސާލާހެން ހީވާނަމަ ފައި ރަނގަޅަށް ފައިވާނުގެ ތެރަޔަށް ލަންބައިލާށެވެ. އޭރުން ފައި ރަނގަޅަށް ފައިވާނުގެ ތެރެޔަށް ވަދެ ހަމަޖެހި އަދި ހިނގަން ފަސޭހަވާނެއެވެ.

ސީދާކޮށް ހިނގުން

ހިނގާއިރު ތި ހިނގަނީ ސީދާ ރޮނގަކަށް ދާގޮތަށް ކަމަށް ހިތަށް އަރުވާލާށެވެ.

ފިޔަވަޅު އަޅަން ފަސޭހަ ގޮތެއް

ހިނގާއިރު ހަށިގަނޑު ކުޑަކުޑަކޮށް ފަހަތަށް ލަންބާލާށެވެ. އޭރުން ކުރިއަށް ފިޔަވަޅު އެޅުގައި ފަސޭހަ ވާނެއެވެ.

މާ ބޮޑަށް އަވަސްވެގަނެގެން ނުވާނެ

މާބޮޑަށް އަވަސް އަރުވާލައިގެން ހިނގާނަމަ ބަލާބެލުމަށް ހީވާނީ "ޖޯކެއް" ހެންނެވެ. ލަސްލަހުން ރީއްޗަށް ހިނގުމުން ހަށިގަނޑު ރަނގަޅަށް ބެލެންސްކޮށް އަދި ރީތި ހިނގުމެއް ކަމަށް ދައްކާނެއެވެ. އަދި ފިޔަވަޅު އަޅާއިރު ކުރު ފިޔަވަޅު އަޅާށެވެ.

ފުންނާބާއި އިލިނގިތައް ޖެއްސުމުގައި ސަމާލުވުން

ހިނގާއިރު ފުރަތަމަ ފުންނާބު ޖައްސާށެވެ. ދެން ފައިގެ އިނގިލި ޖައްސާށެވެ. މިހެން ހެދުމުން ހިނގުން ރީތިވެފައި ފަރި ކަމަށް ދައްކާނެއެވެ.

ސައިޒު ހެޔޮވަރު ކުރުން

ފައިވާން މާ ކުޑަނަމަ އުސްފައިވާނުގައި ހިނގުމަކީ ވަރަށް ވެސް އުނދަގޫ ކަމެކެވެ. އެހެންކަމުން ހެޔޮވަރުގެ ފައިވާނަކަށް އެރުމަކީ ވަރަށް މުހިންމުކަމެކެވެ.

comment ކޮމެންޓް