އެކްސިޑެންޓްވި ޒުވާނާގެ ހާލު ސީރިއަސްވެ ފުލައިޓް އަނބުރާ ފުވައްމުލަކަށް

ފުވައްމުލަކު ހޮސްޕިޓަަލް -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ރޭ ފުވައްމުލަކު ގައި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނައުމަށް ފުލައިޓުން ނައްޓާލި ފަހުން ހާލު އިތުރަށް ގޯސްވުމުން އަލުން އަނބުރާ ފުލައިޓް ފުވައްމުލަކު ރީޖަނަލް އެއާޕޯޓްގައި ޖައްސާފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޭގެ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ މީހުންގެ ތެރެއިން އެކަކުގެ ހާލު ގޯސްވުމުގެ ސަބަބުން މާލެ ގެނައުމަށް މިއަދު ހެނދުނު ފްލައިޓްގައި ފުރުވާލި ނަމަވެސް އޭނާގެ ހާލު މާބޮޑަށް ގޯސްވުމުގެ ސަބަބުން އަލުން ފުވައްމުލަކަށް ޖައްސާފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާއަށް އޭނާ ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށް ސީއެމްބިއުލައިންސްގައި ފުރުވާލާފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

ރޭގެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އިތުރު ސައިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓްވި ދެސައިކަލްގެ ތެރެއިން އެއްސައިކަލްގައި ދެމީހަކު އަދި އަނެއް ސައިކަލުގައި އެކަކު އިނެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވެފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ފަހަތުގައި އިން މީހާއަށް ކަމަށް ވެސް ފުލުހުން ބުނެއެވެ. މައުލޫމާތި ލިބިފައިވާ ގޮތުގައި އޭނާގެ ބޮލަށް ވަނީ ސީރިއަށް އަނިޔާތަކެއް ލިބިފައެވެ.

comment ކޮމެންޓް