ބްލަޑް ޑޯނާސްގެ އެމްބެސެޑަރަކަށް ޒަލީފް

ބައިނަލްއަގުވާމީ ލޭ ހަދިޔާ ކުރުމުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ހަވީރު "މޯލްޑިވިއަން ބްލަޑް ޑޯނާސް" އިން ރަސްފަންނުގައި ބޭއްވި ހަފްލާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

ލޭ ހަދިޔާ ކުރުމުގެ ހަރަކާތްތަކުގެ އެމްބެސެޑަރަކަށް މޯލްޑިވިއަން އައިޑޮލް އިން ވިދާލި ލަވަކިޔުންތެރިޔާ މުހައްމަދު ޒަލީފް ހަމަޖައްސައިފިއެވެ.

ބްލަޑް ޑޯނާސްގެ އެމްބެސެޑަރަކަށް ޒަލީފް ހަމަޖެއްސީ ބައިނަލްއަގުވާމީ ލޭ ހަދިޔާ ކުރުމުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ހަވީރު "މޯލްޑިވިއަން ބްލަޑް ޑޯނާސް" އިން ރަސްފަންނުގައި ބޭއްވި ހަފްލާއެއްގައެވެ.

ބައިނަލްއަގުވާމީ ލޭ ހަދިޔާ ކުރުމުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ހަވީރު "މޯލްޑިވިއަން ބްލަޑް ޑޯނާސް" އިން ރަސްފަންނުގައި ބޭއްވި ހަފްލާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

މަގާމާ ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން ޒަލީފް ބުނީ އޭނާ އެމަގާމުގައި ހުންނާނީ ނަމެއްގައި ނޫން ކަމަށާއި މަގާމު އަދާ ކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ރާއްޖޭގެ އާބާދީއާ އަޅާބަލާއިރު ލޭ ހަދިޔާކުރާ މީހުންގެ އަދަދު މަދުކަން އޭނާގެ ވާހަކައިގައި ފާހަގަ ކުރިއެވެ.

އެހަފްލާގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްވެސް ބައިވެރިވަޑައިގެންނެވިއެވެ. މިނިސްޓަރު ވަނީ ލޭ ހަދިޔާކުރުމަށް ފަސް ނުޖެހުމަށާއި ލޭ ހަދިޔާ ކުރުމަށް އެދިވަޑައިގެންފައެވެ.

ބައިނަލްއަގުވާމީ ލޭ ހަދިޔާ ކުރުމުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ހަވީރު "މޯލްޑިވިއަން ބްލަޑް ޑޯނާސް" އިން ރަސްފަންނުގައި ބޭއްވި ހަފްލާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

މޯލްޑިވްސް ބުލަޑް ސާވިސް (އެމްބީއެސް)އަށް އަހަރެއްގެ މައްޗަށް 9000 ޔުނިޓުގެ ލޭ ބޭނުންވެއެވެ.

comment ކޮމެންޓް