ލަންކާއިން ރާއްޖެ އެތެރެ ކުރަން އުޅުނު ކިލޯއެއްގެ ކެނަބިސް އަތުލައިގެންފި

ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި --

ސްރީލަންކާއިން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.2 ކިލޯގެ ކެނަބިސް އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ ހޯމަ ދުވަހު ސްރީލަންކާއިން ރާއްޖެ އައި، އެގައުމަށް ނިސްބަތްވާ ފިރިހެނެއްގެ ލަގެޖު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕެސެންޖަރ ކްލިއަރަންސް އޮފިސަރުން ބަލައި ފާސްކުރިއިރު ކެނަބިސް ފެނިފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ އެތަކެތި އަޅާފައި ހުރީ ދަޅަކާއި، ޕްލާސްޓިކް ފުޅިއެއްގައި ކަމަށެވެ. އަދި އެތަކެތި ތަހުލީލުކޮށް، ކެނަބިސްކަމަށް ކަށަވަރު ކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސުން ބުނީ، ލަންކާގެ ފިރިހެން މީހާ އާއި، އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް