ތަފާތު ބޮޑުކޮށް އީގަލްސް ބަލިކޮށް މާޒިޔާ ސެމީއަށް

ވެޓަރަނސް ކަޕްގައި މާޒިޔާ އަދި ދިވެހި ސިފައިންގެ ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން--ފޮޓޯ/ މާޒިޔާ

ވާދަވެރި އީގަލްސް ބަލިކޮށް ވެޓެރަންސް ކަޕްގެ ސެމީފައިނަލަށް މާޒިޔާ ދަތުރުކޮށްފިއެވެ.

މާޒިޔާ ސެމީއަށް ދިޔައީ 7-0 އީގަލްސް ބަލިކޮށްގެންނެވެ. މާޒިޔާ ސެމީން ޖާގައެއް ހޯދީ ގުރޫޕްގެ އެއްވަނައިގެ ގޮތުގައެވެ.

އެއް ނަންބަރު ޓާފް ދަނޑުގައި ކުޅުނު އެމެޗުގައި މާޒިޔާއިން ކާމިޔާބުކުރި ގޯލް ތަކުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާ އަހްމަދު ނާޝިދު (ނާދު) ވަނީ މާޒިޔާއަށް 3 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މެޗުގައި ފެނިގެން ދިޔަ އަނެއް ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔަބުކުރީ އިސްމާއިލް މުހައްމަދެވެ. އަދި ހުސެއިން ސިނާންއާއި އިބްރާހިމް ޝާފިއުވަނީ އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ.

ވެޓަރެންސް ކަޕްގައި މާޒިޔާ ވަނީ މީގެ ކުރިން ދިވެހި ސިފައިންގެ ކުލަބުވެސް ބަލިކޮށްފައެވެ.

މިއަދު ހަވީރު އެ މުބާރާތުގައި ކުޅޭނީ ނިއުރޭޑިއަންޓާއި ގްރީން ސްޓްރީޓެވެ.

comment ކޮމެންޓް