ބަރުދަން ލުއިކުރުމުގައި ތަރުކާރީ ޑައެޓް މަހުގެ ޑައެޓަށް ވުރެ ދެގުނަ ކާމިޔާބު: ދިރާސާ

ކެއުމުގައި މަސް ބޭނުން ކުރުން މަދުކުރުމަކީ ހަމައެކަނި އަހަރުމެންގެ މާހައުލަށް އޭގެ ފައިދާ ލިބޭ ކަމަކަށްވާ އިރު އޭގެ ސަބަބުން އަހަރުމެންގެ އަމިއްލަ ސިއްހަތަށް ވެސް އޭގެން ވަރަށް ބޮޑަށް ފައިދާ ކުރާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ. ބަރުދަން ލުއި ކުރުމަށް ޓަކައި ކެއުމުގައި ތަރުކާރީގެ ޑައެޓެއް ބޭނުން ކުރުމަކީ، މަސްހިމެނޭ ޑައެޓެއް ބޭނުން ކުރުމަށް ވުރެ މާފައިދާ ބޮޑު ކަމެއް ކަމަށް ވޮޝިންޓަން ޑީސީގެ ފިޒީޝިޔަން ކޮމެޓީ ފޮ ރެސްޕޮންސިބަލް މެޑިސިންގެ ރިސާޗަރުން ބުނެ އެވެ.

ތަރުކާރީގެ ޑައެޓެއް ބޭނުން ކުރުމަން ހަމައެކަނި ބަރުދަން ލުއިކޮށްދިނުމުގައި އެހީތެރިވަނީއެއް ނޫނެވެ. މީގެ އިތުރުން މަސްތަކުގައި ހުންނަ ފެޓްގެ ބައިތައް ދައްކޮށް އަދި މީހާގެ މެޓަބޮލިޒަމްގެ ބާރު ވެސް ގަދަކޮށްދެ އެވެ. މަޝްހޫރު ލިޔުންތެރިޔާ ޑރ. ހަނާ ކަހްލިއޯވާ ބުނި ގޮތުގައި މިހޯދުމަކީ މެޓަބޮލިކް ސިންޑްރޮމް އަދި ޓައިޕް ޓޫ ޑައެބެޓިކްސް ޖެހިފައިވާ މީހުންނަށް ވަރަށް ބޭނުންތެރި ހޯދުމެކެވެ. މިދިރާސާތަކުގައި ޑައެބެޓިކްސް ޓައިޕް 2 ޖެހިފައިވާ 74 މީހުން ބޭނުންކޮށްފައިވާ އިރު ޔޯރޮޕިއަން އެސޯސިއޭޝިއަން ފޯ ޑައެބެޓިކްސް އިން ގަބޫލުކުރާ ފަދަ ތަރުކާރީ ޑައެޓަކާއި އަދި އާދައިގެ ތަރުކާރީ ނޫން ޑައެޓެއް ވަނީ މިބަލި މީހުންނަށް ދީފަ އެވެ. މިޑައެޓްގައި ބަރުދަނަށް އަންނަ ބަދަލުތައް ބެލުމަށް ޓަކައި ދިރާސާގައި ހިމެނުނު ބަލި މީހުންގެ ކެއުން ވަނީ 500 ކެލޮރީ އަށް ދައްކޮށްފަ އެވެ. ހަ މަސް ދުވަހުގެ ދިރާސާ އިން ދެއްކި ގޮތުގައި ތަރުކާރީ ޑައެޓް ނެގި މީހުންގެ ބަރުދަން ވަނީ 6.2 ކިލޯ ލުއިވެފަ އެވެ. އެއާ ހިލާފަށް އާދައިގެ ތަރުކާރީ ނޫން ޑައެޓް ނެގި މީހުންގެ ބަރުދަން ލުއިވަފައި ވަނީ 3.2 ކިލޯ އެވެ. މިދިރާސާގައި ވަނީ މިދެ ޑައެޓް ބޭނުންކުރުމުން ފަލަމަސްގަނޑުގައި ފެޓްސް ރައްކާކޮށްދޭ ވަރު ވެސް އަޅާކިޔައިފަ އެވެ. އެގޮތުން ދެ ވައްތަރުގެ ޑައެޓުން ވެސް ސަބްކެޓޭނިޔަސް ފެޓް (ހަންގަނޑުގެ ދަށުގައި) ދައްކޮށްދޭ ކަމަށް ވަނީ ދައްކައިފަ އެވެ. އެހެންނަމަވެސް ސަބްސްޓޭޝިޔަލް ފެޓް ހަމައެކަނި ދައްވާ ކަމަށް ދައްކާފައި ވަނީ ހަމައެކަނި ތަރުކާރީ ޑައެޓުގަ އެވެ.

comment ކޮމެންޓް