އޫބާގެ ސީއީއޯ މަގާމާ ދުރުވެ، ލީޑާޝިޕް ޓީމާ ކުންފުނި ހަވާލު ކުރަނީ

އޫބާގެ ސީއީއޯ ޓްރާވިސް ކެލެނިކް އޭނާގެ މަގާމާ ދުރުވެ، އެ ކުންފުނީގެ ލީޑާޝިޕް ޓީމާ ކުންފުނި ހަވާލުކުރަން ނިންމައިފި އެވެ.

ޓެކްސީ ހޯދުމަށް އެހީތެރިވެދޭ އެ ސޮފްޓްވެއާގެ ކުންފުނީގެ ސީއީއޯ ނެރުނު އިންޓާނަލް މެމޯއެއްގައި ބުނީ އޭނާގެ މަންމަ އަވަހާރަވެފައިވުމާ ގުޅިގެން އާއިލާއާ އެކު ވަގުތު ހޭދަ ކުރަން ބޭނުންވާ ކަމަށާއި އެހެންވެ އޭނާ މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ނަގަން ބޭނުންވާ ކަމަށެވެ. އަދި އޭނާ ނެތް ދުވަސްތަކުގައި ކުންފުނީގެ ލީޑާޝިޕް ޓީމުން ހުރިހާ ކަމެއް އެންމެ ރަނގަޅަށް ބެލެހެއްޓުމަށް އޭނާ ވަނީ ވަސިއްޔަތް ކުރައްވައިފަ އެވެ.

ކްލެނިކް އޭނާގެ އެ ނިންމުން މުވައްޒަފުންނާ ހިއްސާ ކުރީ އަންގާރަ ދުވަހު އެވެ. އެ މެމޯގައި އޭނާ ބުނެފައިވާ ގޮތުގައި މިހާރަށް ވުރެ ރަނގަޅު ލީޑަރަކަށް އޭނާ ވާން ޖެހެ އެވެ. އަދި ކުންފުނި މިހާރު އޮތް ހާލަތަށް އައިސްފައި ވަނީ އޭނާގެ ސަބަބުން ކަމުގައި ވެސް އޭނާ ވަނީ އިއުތިރާފުވެވަޑައިގެންފަ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި ކްލެނިކް އެ ނިންމުން ނިންމީ ދާދި ފަހުން އޫބާގެ އޮފީސް ތެރޭގައި ޖިންސީ ފުރައްސާރަކުރުން އާންމުވެފައިވާ ކަމަށް ބުނެ އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހެޅިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

comment ކޮމެންޓް