ސަޓާގެ ހޮޓެލް ޕާޓްނަރަކަށް ޗަމްޕާ ސެންޓްރަލް ހޮޓެލް!

ޗަމްޕާ ސެންޓްރަލް ހޮޓެލް -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

ހައިރައިޒުން ދޭ ސަރަހައްދީ އެވޯޑު، ސައުތް އޭޝިއަން ޓްރެވަން އެވޯޑްސް (ސަޓާ)ގެ ހޮޓެލް ޕާޓްނަރަކަށް ޗަމްޕާ ސެންޓަރަލް ހޮޓެލް ހަމަޖައްސައިފިއެވެ.

ސަޓާ އަކީ ހައިރައިޒުން ކުރިފަޅައިގެން އައި އިންޓަނޭޝަނަލް ބްރޭންޑެކެވެ. މިވަގުތު ރާއްޖޭގެ ކުންފުންޏެއް އިސްނަގައިގެން ދޭ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް އެވޯޑަކީ ސަޓާ އެވޯޑެވެ.

މިއަހަރުގެ އެވޯޑަށް 44 ކެޓަގަރީއަކުން ނަން ހުށަހެޅުމަށް ހުޅުވާލުމުން 300 އަށްވުރެ ގިނަ ނޮމިނޭޝަންސް ލިބިފައިވާއިރު ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ލީޑިން ބްރޭންޑުތައް ވަނީ އެ އެވޯޑަށް ނޮމިނޭޓުކޮށްފައެވެ.

ކްރައުން އެންޑް ޗަމްޕާ ހޮޓެލްސްގެ ދަށުން ހިންގާ ޗަމްޕާ ސެންޓްރަލް ހޮޓަލަކީ މާލޭގެ މެދަށް ވާ ގޮތަށް އިމާރާތްކޮށް، ވިޔަފާރީގެ ބޭނުމަށް ދަތުރުކުރާ ފަރާތްތަކާއި ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަންނަ ފަރާތްތަކަށް ޚާއްސަ އިމާރާތެކެވެ. މީޓިންތަކާއި އެހެނިގެން ކޮންފަރެންސް ފަދަ ކަންކަމަށް އެންމެ ރަނގަޅު އަދި މަޝްހޫރު އެއް ތަނަކީ އެ ހޮޓަލެވެ.

މިއަހަރުގެ ސަޓާ އެވޯޑްސްގައި މައިގަނޑު ގޮތެއްގައި 10 ސެގްމެންޓަކުން 34 މޭޖާ ކެޓަގަރީ ހިމެނެއެވެ. ހައިރައިޒުން މައުލޫމާތުދޭ ގޮތުގައި، މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ނޮމިނޭޝަންސް ހުށަހެޅުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައެވެ.

ފުރަތަމަ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އިތުރުން ސްރީލަންކާ އާއި އިންޑިއާގެ ފަރާތްތަކުންނެވެ. މިއަހަރުގެ ސަޓާ އެވޯޑްސްގައި ރާއްޖެ އާއި އިންޑިއާ އަދި ލަންކާގެ އިތުރުން، ބޫޓާން އަދި ނޭޕާލްގެ ފަރާތްތަކުން ވެސް ބައިވެރިވާނެއެވެ.

އިންޑިއާއިން ނޮމިނޭޓު ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެކްސްޕީރިއެންޓަލް ހޮޓެލްސް، ރެޑިސަން ހޮޓެލް، ދަ ރޭވިޒް، ޔޫޑީއެސް ހޮޓެލްސް، ވީތިރީގެ އިތުރުން ދޭޝާދަންއާއި ޖޯން ހޮވާޑާއި ދަ ލީލާ ޕްލެސެސްއާއި ޝެރަޓަން އަދި އަވާލޭންޑް ފަދަ ބޮޑެތި ބްރޭންޑުތައް ހިމެނެއެވެ.

ނޭޕާލުން ޝަންގްރިއްލާ، މަލްބެރީ، މަނަސްލު، ފިޝްޓެއިލް އަދި ބަރަހިގެ އިތުރުން ވިޒިޓް ނޭޕާލް ހޮޓެލް ފަދަ ބްރޭންޑުތައް ނޮމިނޭޓް ވެފައިވާއިރު އަވަށްޓެރި ސްރީލަންލާގެ ސިނަމަން ބްރޭންޑުން އެކަނިވެސް ހަތް ރިސޯޓެއް ވަނީ ނޮމިނޭޓް ކޮށްފައެވެ.

ސިނަމަންގެ ހަތް ރިސޯޓުގެ އިތުރުން ރޯޔަލް ޕާމްސް، ސޭސޭންޑްސް އަދި ކޮލޮމްބޯ ކޯޓްޔާޑް ފަދަ ބްރޭންޑްތައް ނޮމިނީސްގެ ތެރޭގައި ހިމެނެއެވެ.

ބޫޓާން ތަށީ ނަމްގޭ ފަދަ ބްރޭންޑުތައް ވެސް މިހާރު ސަޓާއަށް ވަނީ ނޮމިނޭޓުކޮށްފައެވެ.

ސަޓާގައި މިއަހަރު ދެން ބައިވެރި ވަނީ ރާއްޖެއިންނެވެ. އެގޮތުން ރާއްޖެއިން ނޮމިނޭޓްވެފައިވާ ބްރޭންޑުތަކުގެ ތެރޭގައި ކޮކޯ ކަލެކްޝަން، ވިލާ ހޮޓެލްސް، ލަކްސް، ޑަބްލިއު، އަމާރީ، ސެންތާރާ، ސެއިންޓް ރެޖިސް، އައުޓްރިއްގާ، ކޮކޫން، ހައިޑަވޭ އަދި ދުސިއްތާނީ ހިމެނެއެވެ.

މީގެ އިތުރުން، ފްލައިމީ އާއި ސްކޫބާ ސްޕާ، ބެސްޓް ޑައިވް، ޑައިވް އޯޝަނަސް، ރިވެރީސް، ބަންޔާން ޓްރީ އާއި ވޮޔޭޖެސް މޯލްޑިވްސް އަދި މަޝްހޫރު އަދާރަން ބްރޭންޑުގެ ފަސް ރިސޯޓު ވަނީ ސަޓާއަށް ނޮމިނޭޓުކޮށްފައެވެ.

ސަޓާ އެވޯޑްސް އެންޑޯޒްކޮށްފައިވާ ފަރާތްތައް:

  1. އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޯގަނައިޒޭޝަން، އިންޑިއާ
  2. ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީ ލަންކާ
  3. ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  4. ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް
  5. އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  6. ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)
  7. އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  8. މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  9. ނޭޕާލް ޓޫރިޒަމް ބޯޑު
  10. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)
comment ކޮމެންޓް