އަމިއްލައަށް ނެވިގޭޓް ކުރެވޭ ބިޔަ ބޯޓު ފަހަރު ބަނުމަށް ޖަޕާނުން ތައްޔާރު ވަނީ

އަންނަ 2025 ވަނަ އަހަރުގެ ނިޔަލަށް އަމިއްލަ އަށް ނެވިގޭޓު ކުރެވޭ ބިޔަ ކާގޯ ބޯޓު ފަހަރު ބަންނަން ޖަޕާނުން އަތްކުރި އޮޅާލައިފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެގައުމުން އުފައްދާ އެ "ސްމާޓް ޝިޕްސް" އުފެއްދުމަށް މިހާރު އެގައުމުގެ ބޯޓު ބަންނަ ކުންފުނިތަކުން ދަނީ ޝިޕް ބިލްޑަރުންނާ މަޝްވަރާ ކުރަމުންނެވެ.

އެކުންފުނިތަކުން ބުނާ ގޮތުގައި އެ ބޯޓުތައް ދަތުރު ކުރާނީ އާޓިފިޝަލް އިންޓަލިޖެންސް މެދުވެރިކޮށް އެންމެ ފަސޭހައިން އަދި ނުރައްކާ ކުޑަ، އަވަހަށް މަންޒިލަށް ދެވޭ ފަދަ ރޫޓްތަކަކުންނެވެ. އެ ބޯޓުތަކުގެ ޚިދުމަތް 2025 ވަނަ އަހަރު ފެށޭނެ ކަމަށް ލަފާކޮށްފައިވާ އިރު އެހާތަނަށް ބަންނަން ރާވާފައި ވަނީ 250 ބޯޓެވެ.

އެ ބޯޓުތަކުގައި ބޭނުންކުރާ ހާޑްވެއާ އަދިި ސޮފްޓްވެއާތަކުން ބޯޑަށް އެއްވެސް ވަރެއްގެ ގެއްލުމެއް ވެއްޖެ ނަމަ އެނގޭނެ އެވެ. އަދި ކުރީ ބައިގައި އެކަމަށް ފިޔަވަޅު އެޅުމަށް މަގުފަހިވެސް ވެގެން ދާނެ އެވެ. މީގެ ސަބަބުން ކަނޑުމަތީގައި ހިނގާ ހާދިސާތައް މަދު ކުރެވޭނެ ކަމަށް ބޯޓު ބަނުމާ މެދު މަޝްވަރާ ކުރަމުންދާ ކުންފުނިތަކުން ބުނެ އެވެ.

އެކުންފުނިތަކުން ހާމަ ކުރާ ގޮތުގައި އޭގެ ބޯޓެއް ކަމަށް ބިލިއަނުން ފައިސާ ޚަރަދުވާނެ އެވެ.

އެ ޕްލޭނުގެ ދަށުން ފުރަތަމަ އުފައްދާ ބޯޓުތަކުގައި ކްރޫން ބައިތިއްބަން ނިންމާފައިވީ ނަމަވެސް މުސްތަގުބަލުގައި އެފަދަ ބޯޓުތައް ދަތުރު ކުރާނީ އޭގެ ޒާތުގައ އޭތި އަމިއްލައަށް ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ފުރަތަމަ ބަންނަ ބޯޓުތަކުގައި ކްރޫން ބައިތިއްބަނީ އޮޓޮމޭޝަންގައި މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމަށް ސަމާލުވުމުގެ ގޮތުންނެވެ.

comment ކޮމެންޓް