މައިކްރޯސޮފްޓުން އެންމެ ފަހުގެ އެކްސްބޮކްްސް "ވަން އެކްސް" ދައްކާލައިފި

ދުނިޔޭގެ މަޝްހޫރު ޓެކް ޖަޔަންޓު، މައިކްރޯސޮފްޓުން އެ ކުންފުނީގެ ނެރޭ އެކްސްބޮކްސްގެ އެންމެ ފަހުގެ އުފެއްދުން ދައްކާލައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެކްސްބޮކްސް "ވަން އެކްސް" އަކީ 4ކޭ އަލްޓްރާ އެޗްޑީ ކޮށް މަންޒަރު ދައްކުވައި ދޭ ގޭމިންގް ސްޓޭޝަނެކެވެ. އެކްސްބޮކްސްގެ މި ސްޓޭޝަން އުޅެނީ ލޮސް އެންޖެލެސްގައި ބާއްވާ އީ3 ގޭމްސް ޝޯއަށް ވުރެ ކުރީގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަންނަ ނޮވެމްބަރު މަހު ނެރެން ނިންމާފައިވާ އެ ސްޓޭޝަންގެ އަގު އުޅޭނީ 499 ޑޮލަރަށް ކަމަށް މައިކްރޯސޮފްޓުން ބުންޏެވެ.

މައިކްރޯސޮފްޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ސްޓޭޝަން އެންމެ ކަމުދާނީ "ހާޑްކޯ ގޭމާސް" އަށެވެ.

މިއަހަރު ނެރޭ އެ އެކްސްބޮކްސް ވެގެންދާނީ މިހާތަނަށް މައިކްރޯސޮފްޓުން ނެރޭ އެންމެ ކުޑަ އަދި އެންމެ ފާސްޓު އެކްސްބޮކްސަށެވެ. ސިކުންތަކު 60 ފްރޭމު ދައްކުވައިދޭނެ އެވެ.

comment ކޮމެންޓް