ހުޅުމާލޭގައި ފުލުހުންގެ އިމާރާތެއް އަޅަން ކުންފުންޏަކާ ހަވާލުކޮށްފި

ހުޅުމާލޭގައި ފުލުހުންގެ ވެހިކަލެއް --- ސަން ފައިލް ފޮޓޯ

ަހުޅުމާލޭގައި ފުލުހުންގެ އާ އިމާރާތެއް އަޅަން 25 މިލިއަން ރުފިޔާއަށް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ އިމާރާތެއް އަޅަން ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަންއާ އެވެ. ފުލުހުން ބުނީ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީ އަޅާ އެ އިމާރާތް ހަތަރު ބުރިއަށް އިމާރާތް ކުރާނެ ކަމަށެވެ.

އެ އިމާރާތުގައި އޮފީސް ބަޔަކާއި އެކޮމޮޑޭޝަންގެ އިތުރުން ކަސްޓޯޑިއަލްއެއްވެސް ހުންނާނެ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭގައި ފުލުހުންގެ އިމާރާތް އަޅަން އެސްޖީ ކޮންސްޓްރަކްޝަނާ ހަވާލުކުރީ އެއް އަހަރު ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.

comment ކޮމެންޓް