ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި އަންހެން ކުއްޖާ އަދިވެސް ހޭނާރާ: ފުލުހުން

އޭޑީކޭ ހޮސްޕިޓަލް --- ފޮޓޯ: ޕޮލިސް

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން ކުއްޖާ އަދިވެސް ހޭނާރާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ކަމަށެވެ. އެއީ ރޭ 12:30 އެހައިކަންހާއިރުއެވެ.

އެ އަންހެން މީހާއަށް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށާއި އެކުއްޖާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެ އަންހެން ކުއްޖާގެ އުމުރު އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

comment ކޮމެންޓް