ހުޅުމާލޭގައި ރެޒިޑެންޝަލް އެޕާޓްމެންޓް އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފި

ހުޅުމާލޭގައި ފްލެޓު އެޅުމަށް ކީސްޓޯންއާ ހަވާލުކުރުން -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭގައި 2،500 އަކަފޫޓުގެ ބިމެއްގައި ރެޒިޑެންޝަލް އެޕާޓްމެންޓް އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނި ގޮތުގައި، ރެޒިޑެންޝަލް ފްލެޓު އެޅުމަށް ހަވާލުކުރީ ކީސްޓޯން އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކާއެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޗްޑީސީގެ ޑިރެކްޓަރ އޮފް ލީގަލް އެފެއާޒް ޑރ. ފާތިމަތު ޝިއުނީއާއި، ކީސްޓޯންގެ މެނޭޖިންގް ޑިރެކްޓަރު އުސައިދު ޚަލީލެވެ.

އެޗްޑީސީން ވަނީ ރެޒިޑެންޝަލް ފްލެޓު އެޅުމަށް ޖުމްލަ ހަތް ކުންފުންޏަކަށް ހުޅުމާލެއިން ބިން ހަވާލުކޮށްފައެވެ.

އެ ކުންފުނިތަކުގެ ތެރޭގައި އިނޯކާ، އެސޯސިއޭޓެޑް ބިޒްނަސް އޭޖެންޓް މޯލްޑިވްސް، ޖަވާހިރު އިލަވަން އަދި ގެލިއޮން ހިމެނެއެވެ.

ހުޅުމާލޭ ނޭބާހުޑް އެކެއްގައި، ރޯހައުސްތައް ކައިރިން ދޫކުރި މި ބިންތަކުގެ ބޮޑުމިނުގައި 2،500 އަކަފޫޓު ހުންނަ އިރު، އަށް ބުރިއަށް ފްލެޓު އިމާރާތްތައް އެޅޭނެއެވެ.

ހުޅުމާލޭގައި މިހާރުވެސް ދަނީ ރެޒިޑެންޝަލް އަދި މިކްސްޑް ރެޒިޑެންޝަލް އެޕާޓްމަންޓް އެޅުމުގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ދަމުންނެވެ.

comment ކޮމެންޓް