ނ. އަތޮޅު ކައުންސިލްގެ ވެސް ރައީސަކު ހޮވޭގޮތެއް ނުވި

މަނަދޫ ދާއިރާ އިން އިންތިޚާބުވެފައިވާ އެމްޑީޕީގެ މެމްބަރު އަލީ ޒާފިރު އާއި ވެލިދޫ ދާއިރާއަށް އިންތިޚާބުވެފައިވާ އެމްޑީޕީގެ މެމްބަރު އާދަމް ފާއިޒް -- ފޭސްބުކް ފޮޓޯ

އެގާރަ ފަހަރު ވޯޓުލައިގެންވެސް ނ. އަތޮޅު ކައުންސިލްގެ ރައީސަކު ވެސް ހޮވޭގޮތެއް ނުވިއެވެ.

ނ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝުޖާއު "ސަން" އަށް ވިދާޅުވީ މިއަދު 11 ވަނަ ފަހަރަށް ވޯޓުލުމުން ވެސް ނަތީޖާ އެއްވަރުވީ ކަމަށެވެ.

ނ. އަތޮޅު ކައުންސިލަށް އިންތިޚާބުވެފައި ވަނީ އެމްޑީޕީގެ ތިން މެމްބަރުންނާއި ޕީޕީއެމްގެ އެއް މެމްބަރެވެ.

ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ މަނަދޫ ދާއިރާ އިން އިންތިޚާބުވެފައިވާ އެމްޑީޕީގެ މެމްބަރު އަލީ ޒާފިރު އާއި ވެލިދޫ ދާއިރާއަށް އިންތިޚާބުވެފައިވާ އެމްޑީޕީގެ މެމްބަރު އާދަމް ފާއިޒެވެ.

ޝުޖާއު ވިދާޅުވީ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ދެ ބޭފުޅުން މަޝްވަރާކޮށްގެން ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއަށްފަހު މިއަދު މެންދުރުފަހު 2:00 ގައި ވޯޓުލުން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް