ކީރިތި ގުރުއާނުގެ ފުރަތަމަ ރެކޯޑިން މިއޮތީ!

ސްނޯކް މައްކާގައި 1885 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ސްނޯކް

ކީރިތި ގުުރުއާން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާއްވައި ލެއްވި ފަހުން އެގުރުއާނަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ކަށަވަރެވެ. ކީރިތި ގުރުއާނުގައިވެސް އެކަން އަންގަވާފައުވެއެވެ.

މީގެ އެއްގަރުނަށް ވުރެ ގިނަ އަހަރު ކުރިން ރެކޯޑު ކޮށްފައިވާ ގުރުއާނުގެ ސޫރަތްތަކެއްގެ ރެކޯޑިން އެއް އެބަވެއެވެ. އެއީ ދުނިޔޭގައި މިހާރު އޮތް އެންމެ ދުވަސްވީ ގުރުއާނުގެ ރެކޯޑިން ކަމަށް ބެލެވެ އެވެ.

އެއީ 1885 ވަނަ އަހަރު ނެދަލޭންޑްސްގެ އިލްމުވެރިއެއް ކަމަށްވާ ކްރިސްޓިއާން ސްނޯކް ހާގްރިންޖް މައްކާއަށް ގޮސް ރެކޯޑުކޮށްފައިވާ ރެކޯޑިންއެކެވެ. އެރެކޯޑިން އިން އަޑު އިވިގެން ދަނީ މައްކާގެ ގާރީއަކު ޟުހާ ސޫރަތް ކިޔަވާ ވިދާޅުވާ އަޑެވެ.

އެއީ މިޒަމާނުގެ ވަސީލަތްތަކުން ހަދާ ރިކޯޑިންތަކާ އަޅާ ބަލާ އިރު ވަރަށް ނުސާފު ރެކޯޑިންއެކެވެ. ސަބަބަކީ އެއީ އަޑު ރެކޯޑު ކުރަން އެންމެ ފުރަތަމަ އީޖާދު ކުރި ވަސީލާތްތަކުގެ ތެރޭގައި ހިމެނޭ، ތޯމަސް އެޑިސަންގެ ސިލިންޑާ ފޯނޮގްރާފް އިން ރެކޯޑުކޮށްފައިވާ ރެކޯޑިންއަކަށް ވާތީ އެވެ.

ސްނޯކް މައްކާގައި ހޭދަ ކުރި ފަސް މަސް ތެރޭގައި ގުރުއާން ކިޔަވާ އަޑު ރެކޯޑު ކުރުމުގެ އިތުރުން އޭނާ ވަނީ މައްކާގެ ތާރީހީ ފޮޓޯތަކެއް ވެސް ނަގާފަ އެވެ. އެފޮޓޯތަކުން ފެނިގެން ދަނީ މިހާރު މައްކާއިން ފެނިގެންދާ އުސް އިމާރާތްތަކާ ހިލާފަށް މަސްޖިދުލް ހަރާމްގެ ވަށައިގެންވާ މަދު އިމާރާތްތަކާއި، ދަތުރުވެރިން ޖަހާފައިވާ ޓެންޓުތަކެވެ. ދުބާއީގެ އެމްޕްޓީ ކުއާޓާ ފައިން އާޓް ފޮޓޯގްރަފީ ގެލެރީން ވަނީ އެ ފޮޓޯތައް މީގެ ކުރިން ދައްކާލާފަ އެވެ. އަދި ސީއެންއެން އިން ވަނީ އެފޮޓޯތައް ހިމަނާފައިވާ ވީޑިއޯއަކާ އެކު އެރެކޯޑިން ރިލީޒްކޮށްފަ އެވެ.

ތިރީގައި މިވަނީ ކީރިތި ގުރުއާނުގެ ފުރަތަމަ ރެކޯޑިން:

comment ކޮމެންޓް