ކްރިމިނަލް ކޯޓާއި ސިވިލް ކޯޓު ރިސެސްއަށް

ޖަސްޓިސް ބިލްޑިގ ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓު ރިސެސްއަށް ގޮސްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގެ ރިސެސް ފަށާފައިވާއިރު، ރިސެސް ނިމޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ސިވިލް ކޯޓުގެ ރިސެސް ނިމޭނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ރިސެސްގެ މުއްދަތުގައި ކޯޓުން މައްސަލަ ބެލުން މަދުވާނެއެވެ. ރިސެސްގެ މުއްދަތުގެ ތެރޭގައި ބަލާނީ އެ މައްސަލައަކީ އެ މުއްދަތުގެ ތެރޭގައި ކޮންމެހެން ބަލަންޖެހޭ މައްސަލައެއް ކަަމށް މައްސަލަ ބައްލަވާ ގާޒީއަށް ފެންނަ މައްސަލަތައް އެކަންޏެވެ.

ރިސެސްއަށް ދިޔަނަމަވެސް ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުން ކްރިމިނަލް ކޯޓުގައި ކުރިއަށްދާނެއެވެ.

comment ކޮމެންޓް