ޖެކްލީން އާއި ތާޕްސީ އާދެމެދު މައްސަލަ ޖެހުނީ؟

'ޖުޅްވާ 2' ގެ ދެ ބަތަލާއިން، ޖެކްލީން ފާނަންޑޭޒް އަދި ތާޕްސީ ޕަންނޫ އާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.

މިޑް-ޑޭ ރިޕޯޓުތައް ބުނާގޮތުން ދެމީހުން ވަނީ ވަކި ވަގުތު ތަކެއްގައި ޝޫޓިން ކުރިއަށް ގެންދަން ވެސް އެދިފައެވެ. އެއީ ދެމީހުން އެކުގައި ޝޫޓު ކުރަން ބޭނުން ނުވާތީ އެވެ.

ޝޫޓިންގައި ދެމީހުން ބައްދަލުވި ނަމަވެސް ވާހަކަ ދައްކައި ނުހަދާ ކަމަށްވެއެވެ. މިހާރު ތާޕްސީ ވަނީ 25 ދުވަހު ޝޫޓު ކޮށްފައެވެ. އަދި ޖެކްލީން ޝޫޓް ކޮށްފައި ވަނީ 15 ދުވަހު އެވެ.

ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ވަރުން ދަވާން އެވެ. ވަރުން އާއި ދެ ބަތަލާ އިންނާ ދެމެދު އެއްވެސް މައްސަލަ އެއް ނެތް ކަމަށާއި، ދެމީހުންގެ ދޭތެރޭގައި ޖެހުނު މައްސަލައިގައި ބަސް ބުންނަ ބޭނުން ނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

'ޖުޅްވާ 2' އަކީ 1997 އަހަރު ވަނަނުކުތް ކާމިޔާބު ފިލްމު 'ޖުޅްވާ'ގެ ސީކުއެލް އެވެ. 'ޖުޅްވާ 2' ވެސް ޑައިރެކްޓު ކުރަނީ ފުރަތަމަ ފިލްމު ވެސް ޑައިރެކްޓު ކުރި ޑޭވިޑް ދަވަން އެވެ. ފިލްމު ޕްރޮޑިއުސް ކުރާނީ ސާޖިދު ނާދިއަދްވާލާއެވެ.

comment ކޮމެންޓް