'ސައިރާތު' ރީމޭކްގައި އިޝާން އަދި ޖާންވީ!

މިދިޔަ އަހަރު ރިލީޒް ކުރި މަރާޓީ ފިލްމު 'ސައިރާތު'ގެ ހިންދީ ރީމޭކްގައި ފެނިގެން ދާނީ ސްރީދޭވީ އަދި ބޯނީ ކަޕޫރުގެ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު އާއި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކާޓޭ ކަން ޔަގީން ވެއްޖެ އެވެ.

'ސައިރާތު' އަށް ވަނީ މުޅި އިންޑިއާ ގައި ވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ. އެއީ މަސްވެރިއެއްގެ ފިރިހެން ދަރިފުޅާއި، ސިޔާސީ ލީޑަރެއްގެ އަންހެން ދަރިފުޅާ ދެމެދު އުފެދޭ ލޯބީގެ ގުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

އެ ފިލްމުގެ ބޮލީވުޑް ރީމޭކް ޑައިރެކްތު ކުރާނީ 'ބަދްރީނާތު ކީ ދުލްހަނިއާ'ގެ ޑައިރެކްޓަރު ޝެޝާންކް ޚައިތަން އެވެ.

އިޝާން އަދި ޖާންވީ އަކީ ވެސް ބޮލީވުޑަށް އާ ދެ މޫނެވެ. ފިލްމުގެ ކުރިން ދެމީހުން މިހާރު އަންނަނީ ވެސް އެކުގައި ވަގުތު ހޭދަކޮށް، އެކުވެރިކަން ބަދަހި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިޝާން މިހާރު އަންނަނީ މާޖިދް މަޖީދީގެ 'ބިޔޯންޑް ދަ ކްލައުޑްސް' ކިޔާ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް