ނިއުރޭޑިއަންޓް ބަލިކޮށް ވެލެންސިއާއިން ފެށުން ރަނގަޅުކޮށްފި

ވެލެންސިއާ އަދި ނިއުރޭޑިއަންޓް ކުޅުނު މެޗުގެ ތެރެއިން--ފޮޓޯ/ ނިއުރޭޑިއަންޓް ފޭސްބުކް ޕޭޖް

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ވެލެންސިޔާ ނިއުރޭޑިއަންޓް މައްޗަށް ކުރި ހޯދައި ފެށުން ރަނގަޅުކޮށްފި އެވެ.

އިއްޔެ ހަވީރު ފުރަތަމަ ކުޅުނު މެޗު ވިއްސާރައިގެ ސަބަބުން މިއަދަށް ފަސްކޮށް އަލުން ކުޅުންއިރު މެޗު ވެލެންސިއާ އިން ކާޟިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ވެލެންސިޔާ އިން މެޗުގެ ތިން ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. އެޓީމުގެ ލަނޑު ގައުމީ ޓީމުގެ ރަން ކެޕްޓަން އަދި ވެލެންސިޔާގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ. އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ޝާހިދެވެ.

ނިއުރޭޑިއަންޓް މިއަދު ވެލެންސިއާ އަތުން ބަލިވި އިރު އެޓީމު ވަނީ މިދިޔަ އަހަރު ބޭއްވި އެ މުބާރަތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ މުބާރަތުގައި މާދަމާ ހަވީރު މެޗެއް ކުޅެން ހަމަޖެހިފައިވާ އިރު މެޗުގައި ބައްދަލުކުރާނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯހާއި ކްލަބް ގްރީން ސްޓްރީޓެވެ.

comment ކޮމެންޓް