ޓެރަރިސްޓް ހަމަލާއެއްގެ ބިރު ރާއްޖެއަކަށް ނެތް: ފުލުހުން

ޓޫރިސްޓުންތަކެއް ފްލައިޓަކުން ފައިބަނީ: އޮގަސްޓްމަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރު --- ސަން ފައިލް ފޮޓޯ

ރާއްޖެއަށް ޓެރަރިޒަމްގެ ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ ރާއްޖެއަށް ދަތުރުކުރާ ޔޫކޭގެ ރައްޔިތުން ސަމާލުވުމަށް އެ ގައުމުން އެންގިނަމަވެސް އެފަދަ ނުރައްކަލެއް ނެތް ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު "ސަން"އަށް ވިދާޅުވީ އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީން ފާހަގަކޮށްފައިވާ ފަދަ ނުރައްކަލެއް ރާއްޖެއަކު ނެތް ކަމަށެވެ.

"އެ މައުލޫމާތާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންތައްތައް ފުލުހުން މި އަންނަނީ ބަލަމުން، އަދި އަބަދުވެސް ފުލުހުން މިފަދަ ކަންކަން ބަލަމުން އަންނަން، މިވަގުތު އެލިޔުމުގައި [އިނގިރޭސި ވިލާތުން] ފާހަގަކޮށްފައިވާ ފަދަ ނުރައްކަލެއް ނެތް،" ޝިފާން ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުން އެ ގައުމުތަކުގެ ރައްޔިތުން ދަތުރުކުރާ ގައުމުތަކާއި ގުޅޭގޮތުން ޓުރެވަލް އެޑްވައިޒަރީ ނެރުމަކީ އާންމުކަމެކެވެ. އެގޮތުން ޔޫރަޕު އެއްގައުމުން އަނެއް ގައުމަށް ދަތުރު ކުރުމަށްވެސް ސަމާލުވުމަށް އަންގާ އެފަދަ އެޑްވައިސްތައް ކުރެއެވެ.

comment ކޮމެންޓް